އެމްއައި ކޮލެޖާއި ފެކަލްޓީ އޮފް އާރޓްސް (އެފްއޭ) ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ވޮއިސް ސްޕޯޓްސް
ކުޅިވަރު
31 Oct 2024 | 10:41
ވިލާ، އެމްއެންޔޫބީއެސް އަދި އެފްއީ ކުއާޓާ ފައިނަލަށް

މިހާރު ކުރިއަށްދާ "10 ވަނަ އެމްއެންޔޫއެސްޔޫ ފުޓްސަލް ފިއެސްޓާ 2024" އަންހެން ޑިވިޝަނުގައި ރޭ ކުޅެވުނު މެޗުތައް ކާމިޔާބުކޮށް ވިލާ ކޮލެޖާއި އެމްއެންޔޫ ބިޒްނަސް ސްކޫލް (އެމްއެންޔޫބީއެސް) އަދި ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީ) އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ.

ހުޅުމާލެ ރެހެނދި ފުޓްސަލް ގުރައުންޑް އެކެއްގައި ރޭ ކުޅުވުނު ގުރޫޕް އޭގެ ފުރަތަމަ މެޗުގައި ވިލާ ކޮލެޖާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފްއެސްއެލް) ވާދަކުރި މެޗު ފަސޭހަކަމާއެކު 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ވިލާ ކޮލެޖެވެ. 

އެގޮތުން މިމެޗުގައި ވިލާ ކޮލެޖުގެ އައިޝަތު ހަނާން ޝަރީފް އަދި މިލްނާ އިބްރާހިމް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ރައުފާ މުހައްމަދު، ޖައުޒާ ރަޝީދު، ހައްވާ ޝިއުނާ އަދި މުޒްނާ އަލީ މުހައްމަދު މިއިން ކޮންމެ ކުޅުންތެރިއަކު އެއްލަނޑު ކާމިޔާބުކުރިއިރު މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވިލާ ކޮލެޖުގެ އައިޝަތު ހަނާން ޝަރީފް އެވެ.

ރޭގެ ދެވަނަ މެޗުގައި ގުރޫޕް ބީގެ އިސްލާމިކް ޔުނިވާރސިޓީ އޮފް ދި މޯލްޑިވްސް (އައިޔޫއެމް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ބިޒްނަސް ސްކޫލް (އެމްއެންޔޫބީއެސް) ވާދަކުރި މެޗު ފަސޭހަކަމާއެކު 0-11 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ އެމްއެންޔޫބީއެސް އިންނެވެ.

އިސްލާމިކް ޔުނިވާރސިޓީ އޮފް ދި މޯލްޑިވްސް (އައިޔޫއެމް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ ބިޒްނަސް ސްކޫލް (އެމްއެންޔޫބީއެސް) ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ވޮއިސް ސްޕޯޓްސް

އެގޮތުން މިމެޗުގައި އެމްއެންޔޫބީއެސް އައިޝަތު ނަސްމާ އަހުމަދު 10 ލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އާމިނަތު ރަފާހަތް އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޔޫބީއެސް އައިޝަތު ނަސްމާ އަހުމަދު އެވެ.

މީގެ އިތުރުން ރޭ ކުޅުމަށް ތާވަލު ކޮށްފައި އޮތް ގުރޫޕް ސީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) އާއި ފެކަލްޓީ އޮފް އެޑިއުކޭޝަބް (އެފްއީ) ގެ މެޗު އެފްއެޗްޓީއެސް އިން  ދޫކޮށްލުމުގެ ސަބަބުން ތިން ޕޮއިންޓާއި ފައިދާ ދެ ލަނޑާއެކު އެމެޗުން އެފްއީ މޮޅުވިކަމަށް ވަނީ ނިންމާފައެވެ.

ވިލާ ކޮލެޖާއި ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފްއެސްއެލް) ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ވޮއިސް ސްޕޯޓްސް

ގުރޫޕް ސީގެ ދެވަނަ މެޗުގައި އެމްއައި ކޮލެޖާއި ފެކަލްޓީ އޮފް އާރޓްސް (އެފްއޭ) ވާދަކުރި މެޗު 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެމްއައި ކޮލެޖެވެ. އެގޮތުން މިމެޗުގައި އެޓީމުގެ އާމިނަތު އަމީޝާ އަދި އައިޝަތު އިނާސާ އިބްރާހިމް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ  އައިޒާ އަހުމަދު ރަޝީދު އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއައި ކޮލެޖުގެ އައިޝަތު އިނާސާ އެވެ.

ރޭގެ މެޗުތަކާއެކު މުބާރާތުގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ނިމުމަކާއި ހަމައަށް އައިސްފައިވާއިރު، ސްޓޭޖުގެ އެންމެ ފަހު މެޗުތައް މިއަދާއި މާދަމާ ކުޅުމަށްވަނީ ހަމަޖެހިފައެވެ. 

މިމުބާރާތުގެ އަންހެން ޑިވިޝަނުގައި ޖުމްލަ 12 ޓީމަކުން ވާދަކުރަމުން އަންނައިރު، މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 12 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
އޮކްޓޯބަރު 2024 އިން 08 ނޮވެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 10،000 އަދި ރަނަރަޕް ޓީމަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.