ޖޯލި މޯލްޑިވްސްގެ ކުޅުންތެރިން ހާޑްރޮކް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ... ފޮޓޯ: ޓެކާސް ފޭސްބުކް
ކުޅިވަރު
01 Nov 2024 | 16:21
ޓެކާސް ރިސޯޓް ކަޕް 2024: ހާޑް ރޮކް ހޮޓެލް މޯލްޑިވްސް ބަލިކޮށް ޖޯލި މޯލްޑިވްސް ޗެންޕިއަންކަން ހޯދައިފި

ޓެކާސް ރިސޯޓް ފުޓްސަލް ކަޕް 2024ގެ ފައިނަލުގައި ހާޑް ރޮކް ހޮޓެލް މޯލްޑިވްސް ބަލިކޮށް ޖޯލި މޯލްޑިވްސް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފި އެވެ.

ހޮނިހިރު ދުވަހު ކުރުނބާ މޯލްޑީވްސްގައި ކުޅުނު ފޯރިގަދަ ފައިނަލް ޖޯލި މޯލްޑިވްސް އިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 4-1 ގެ ނަތީޖާއަކުންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ މުހައްމަދު ޖުމާން އެވެ. 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޖޯލި މޯލްޑިވްސްގެ މުސްލިމް މުހައްމަދާއި ކީޕަރު އިބްރާހިމް ނަދީމް އާދަމްގެ އިތުރުން ހާޑްރޮކްގެ ތަޝްމީން އާއި މުހައްމަދު ޝުހެއިލް އަދި އޮބްލޫ ސިލެކްޓް ސަންގެލިގެ އަބްދުﷲ ޒަމީން އެވެ.

އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ހޮވުނީ ސަންގެލީގެ ކީޕަރު އަރުޝަމް މޫސާ ނައީމް އެވެ. އެންމެ މޮޅު ކީޕަރަކަށް ޖޯލި މޯލްޑިވްސްގެ ނަދީމް ހޮވުނު އިރު، ފެއާޕްލޭ ޓީމަކީ ބަގްލިއޯނީ މޯލްޑިވްސް އެވެ. އަދި އެބްމެ މޮޅު ކޯޗަކަށް ހޮވުނީ ޖޯލި މޯލްޑިވްސްގެ އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ހޯދީ ޖޯލި މޯލްޑިވްސްގެ މުހައްމަދު ޖުމާން އެވެ. އޭނާ ވަނީ މިމުބާރާތުގެ އެޓީމަށް 12 ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މުބާރާތުގެ އެންމެ މޮޅު ޕްލޭމޭކާ އެވޯޑް ހޯދީ ހާޑް ރޮކްގެ މުހައްމަދު ތަޝްމީން އެވެ. އޭނާ ވަނީ އެޓީމަށް ނުވަ ލަނޑު އެސިސްޓްކޮށްދީފައެވެ.

މިއަހަރުގެ ޓެކާސް ރިސޯޓް ކަޕް ފުޓްސަލް މުބާރާތުގައި ޖުމްލަ 38 ރިސޯޓަކުން ވާދަކުރިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހަތް ޒޯނަކަށް ބަހާލައިގެންނެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.