ޓީކޭ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު އުފާފާޅުކުރަނީ
ކުޅިވަރު
09 Oct 2024 | 18:07
ވާދަވެރި ކުޅުމަކަށްފަހު އެފްއެސްޑަބްލިޔު ބަލިކޮށް، ޓީކޭ އިން ޗެމްޕިއަންކަން ހޯދައިފި

ލާމަސީލުލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓް ދެ ސެޓުން އެފްއެސްޑަބްލިޔު ސްޕޯޓްސް ކްލަބް ބަލިކޮށް، ޓީކޭ ސްޕޯޓްސް ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޓީކޭ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީ ގައި ކުނަހަންދޫ އައިލެންޑް ނިއު ޖެނެރޭޝަން (ކިންގް) ބަލިކުރުމަށްފަހު އެވެ. އަދި އެފްއެސްޑަބްލިޔު ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އައިލެންޑް ޔޫތު ޔުނައިޓެޑް (އައިވައިޔޫ) ބަލިކޮށްފަ އެވެ.

އަންގާރަ ދުވަހު ހަވީރު ކުޅުނު ފޯރިފަދަފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓް ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބުކުރީ އެފްއެސްޑަބްލިޔު އިންނެވެ. އެގޮތުން ފުރަތަމަ ސެޓް ދެ ޕޮއިންޓްގެ ފަރަގަކާއެކު 23-25 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ފަރަގަކާއެކު 22-25 ގެ ނަތީޖާއަކުންނެވެ.

ނަމަވެސް މެޗުގެ ތިންވަނަ ސެޓު ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް، ވައި ގަދަވެ ބޯކޮށް ވާރޭ ވެހެން ފެށުމާއެކު ގުޅިގެން މެޗުގެ ކުޅުން ވަނީ މެދުކަނޑާލާފަ އެވެ. އަދި މެޗުގެ ކުޅުން އަލުން ފަށާފައިވަނީ ގާތްގަނޑަކަށް 45 މިނެޓު ފަހުންނެވެ.

ވެހެމުންދިޔަ ބޯ ވާރޭތެރޭގައި މެޗުގެ ބާކީ ބައި ކުޅުނު އިރު، ދެ ޓީމަށްވެސް ވަނީ އޭގެސަބަބުން ދަތިތައް ކުރިމަތިވެފަ އެވެ. ހާއްސަކޮށް، ޑިފެންސް ކުރުމާއި، ސާވިސް ކުރުމުގައި ކުޅުންތެރިންނަށް ވަނީ އުނދަގޫވެފަ އެވެ. 

ޓީކޭ އިން ދެ ސެޓު ކާމިޔާބު ކުރުމާއެކު، މެޗު ވަނީ ފަސް ސެޓަށް ގޮސްފަ އެވެ. އަދި ޓީކޭ އިން ވަނީ ފަސްވަނަ ސެޓު ކާމިޔާބުކޮށް، މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީކޭގެ އާމިނަތު އަރީޝާ އެވެ. އަދި މީގެ އިތުރުން މުޅި މުބާރާތުގެވެސް އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ވެސް އަރީޝާ އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވަނީ އަރީގެ އިތުރުން، އެ ޓީމުގެ އާމިނަތު ޝަހާ ޝާމިން، ފާތިމަތު ސަމްހާ، އެފްއެސްޑަބްލިޔުގެ އާއިޝަތު މާޖިދާ (މާޖީ)، ފާތިމަތު މަޒިއްޔާ އަދި އައިވައިޔޫގެ ހައްވާ ރާޝިދާ (ހައްވަ) އެވެ.

މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔަކަށް އައިވައިޔޫގެ އާމިނަތު ރަފާ އިބްރާހިމް ހޮވިފައިވާއިރު، އެންމެ މޮޅު ކޯޗަކީ ޓީކޭގެ އަލީ އަޝްރަފް (އަޝްރާ) އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.