ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އާ ޖެނެރަލް ސެކްރެޓަރީ، ނާހިލް އަހްމަދު ސިއްދީގު
ކުޅިވަރު
14 Nov 2024 | 13:54
އެފްއޭއެމްގެ އާ ޖެނެރަލް ސެކްރެޓަރީއަކަށް ނާހިލް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް، ނާހިލް އަހްމަދު ސިއްދީގު އައްޔަންކޮށްފި އެވެ.

ކުރިން އެއިދާރާގައި ވެސް މަސައްކަތް ކުރި ނާހިލް އެންމެ ފަހުން އަދާކުރީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމެވެ.

މިނިސްޓްރީގެ މަގާމަށް ދިއުމުގެ ކުރިން އޭނާ ވަނީ އެފްއޭއެމްގެ އެކި މަގާމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އުމުރުން 24 އަހަރުގެ ނާހިލް ވެގެންދާނީ އެފްއޭއެމްގެ އިދާރީ އެންމެ އިސް މަގާމާ ހަވާލުވާ އެންމެ ޒުވާން ޖެނެރަލް ސެކްރެޓަރީ އަށެވެ. އަދި އެފްއޭއެމްގެ މަސައްކަތަށް އޭނާ ރަސްމީކޮށް ނުކުންނާނީ އަންނަ ހަފުތާގަ އެވެ.

ސޯޅަ އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ނާހިލް ވަނީ، މާޒިޔާގެ ޔޫތު ޓީމަށް ވެސް ކުރިން ކުޅެފަ އެވެ.

އެފްއޭއެމްގެ ރަސްމީ ވަޒީފާ އަށް ޖެނުއަރީ 2022 ގައި ވަނުމުގެ ކުރިން އޭނާ ވަނީ އިންޓާންޝިޕް މަރުހަލާއެއްގައި 2017 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެ އެސޯސިއޭޝަނުގައި ކޮމްޕެޓީޝަން އޮފިސަރުގެ މަގާމުން އަދާކޮށްފަ އެވެ. އަދި ނާހިލް އެ ތަނުގެ ވަޒީފާއިން ފެބްރުއަރީ މަހު ވަކިވި އިރު އޭނާ ހުރީ ކޮމްޕްޓީޝަން ޑިޕާޓްމެންޓްގެ އެކްޓިން ހެޑްގެ މަގާމުގަ އެވެ.

ވިލާ ކޮލެޖާ ގުޅިފައިވާ ވެސްޓް އޮފް އިންގްލެންޑް ޔުނިވަސިޓީގެ ބިޒްނަސް މެނޭޖްމެންޓް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލު ކުރުމުގެ އިތުރުން ނާހިލް ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ޑިގްރީގެ ކިޔެވުމުގެ މަރުހަލާ ނިންމައިފަ އެވެ. އެ ޕްރޮގްރާމްގެ ޑިސަޓޭޝަން އަންނަ މަހު ހުށަހަޅާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މީގެ އިތުރުން އޭއެފްސީން ބޭއްވި ފުޓްބޯޅަ މެނޭޖްމެންޓްގެ ސެޓްފިކެޓް ލެވަލްގެ ޕްރޮގްރާމެއް ވެސް އޭނާ ވަނީ ފުރިހަމަ ކޮށްފަ އެވެ.

އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވީ، ޖީއެސްގެ މަގާމަށް ހުޅުވާލުމުން ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ތައުލީމާއި ތަޖުރިބާގެ ގޮތުން ވެސް އެންމެ ގާބިލު ކެންޑިޑޭޓަކީ ނާހިލް ކަމަށެވެ. އަދި އިންޓަވިއުގައި ވެސް އެންމެ ގިނަ މާކުސް ހޯދާފައި ވަނީ އޭނާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.

"އެޑިއުކޭޝަން ކޮލިފިކޭޝަނާއި ފުޓްބޯޅައިގައި ކޮށްފައިވާ މަސައްކަތްތަކާއި އަދި އިންޓަވިއުއިން ވެސް އެންމެ ގާބިލު އެޕްލިކަންޓަކަށް ފެނުނީ ނާހިލް،" ޒުހޫރު ވިދާޅުވި އެވެ.

އެފްއޭއެމްގެ ޖީއެސްގެ މަގާމު އެންމެ ފަހުން އަދާކުރީ މުހައްމަދު ޖައުޝަން ޝަރީފެވެ. ނޯމަލައިޒޭޝަން ކޮމިޓީ ހަވާލުވެ، މިދިޔަ ތިން މަސް ދުވަހު އެކްޓިން ޖީއެސްގެ ގޮރުގައި އޭނާ މަސައްކަތް ކުރީ އެއް ވެސް އުޖޫރައަކާ ނުލާ ކަމަށް، މީގެ ކުރިން ޒުހޫރު ވިދާޅުވެފައިވެ އެވެ.

ނޯމަލައިޒޭޝަން ކޮމިޓީ ހަވާލުވި ފަހުން މަގާމުން އިސްތިއުފާ ދޭން ޖައުޝަން ހުށަހެޅި އެވެ. އެކަމަކު އޭނާ މަގާމުގައި މަޑު ކުރީ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންގެ އެދުމުގެމަތިން ކަމަށް ޖައުޝަން ވިދާޅުވެފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.