ގައުމީ ޓީމް ހެޑްކޯޗު އަލީ ސުޒެއިން (ވ).. ފޮޓޯ: ވޮއިސް ސްޕޯޓްސް
ކުޅިވަރު
11 Nov 2024 | 13:21
އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ ޓީމު ބަންގްދަލޭޝަށް ފުރައިފި

ބަންގްލަދޭޝްގެ ގައުމީ ޓީމާއެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އިއްޔެ ހަވީރު ބަންގްލަދޭޝްއަށް ފުރައިފި އެވެ.

މިދަތުރުގައި ބަންގްލަދޭޝްގެ ގައުމީ ޓީމާ ދެކޮޅަށް ރާއްޖޭ އިން ދެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗު މިހަފްތާގެ ބުދަ ދުވަހު ކުޅޭއިރު، ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ.

ފީފާ ރޭންކިންގައި ރާއްޖެ މިވަގުތު އޮތީ 163 ވަނައިގަ އެވެ. އަދި ބަންގްލަދޭޝް އޮތީ 185 ވަނައިގައެވެ. ނަމަވެސް އެންމެ ފަހުން މިދެޓީމު ކުޅުނު ތިން މެޗުން ވެސް ރާއްޖެއަށް މޮޅެއް ހޯދިފައި ނުވާއިރު، ދެ މެޗުން ބަންގްލަދޭޝް މޮޅުވިއިރު އަނެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

އަހަރަކަށްފަހު ގައުމީ ޓީމުން ކުޅޭ ފުރަތަމަ މެޗުގައި ހެޑް ކޯޗަށް އަލީ ސުޒޭން ހަމަޖައްސާފައިވާއިރު، އެސިސްޓެންޓް ކޯޗަކީ އަހުމަދު ޝާކިރު (ޝަކިއްޓޭ) އެވެ އަދި ގޯލްކީޕަރު ޓްރެއިނަރު ހަސަން ހަމީދު (ޑަކޭ) އެވެ. އަދި މިމެޗަށް ކޯޗު ސުޒޭން އެކުލަވާލި ސްކޮޑުގައި  ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދީފަ އެވެ.

އެގޮތުން 20 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނޭ މުޒްދާން ހަސަން އާއި އަބްދުﷲ ލޫތު އިބްރާހީމް އަދި ގޯލްކީޕަރު މުހައްމަދު ޔާމީންގެ އިތުރުން ޓީސީ ސްޕޯޓްްސް ކްލަބުގެ މިޑްފީލްޑަރު ހައިސަމް ރަޝީދާއި އަހުމަދު މާއިޝް ރަޝީދަށް ވެސް ވަނީ މިފަހަރުގެ ސްކޮޑުން ފުރުސަތު ލިބިފައެވެ.

ރާއްޖޭގެ ގައުމީ ޓީމު އެންމެ ފަހުން މެޗެއް ކުޅެފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އޮތް ވޯލްޑް ކަޕް ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ޕްލޭއޮފްގައި ބަންގްލަދޭޝް އަތުން ބަލިވި ފަހުން ސީނިއާ ޓީމު އިތުރު މެޗެއް ކުޅެފައެއް ނުވެއެވެ.

މީގެ އިތުރުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދިވެހި ޕްރިމިއާ ލީގު ނިންމާލި ފަހުން ދިވެހި ފުޓްބޯޅަ މިވަގުތު އޮތީ ކޯމާއެއްގައެވެ. އަދި އައު ސީޒަން ފެށޭނެ ދުވަހެއް ނޭގެއެވެ. ނަމަވެސް ގައުމީ ޓީމުގައި ހިމެނޭ 14 ކުޅުންތެރިން ކުޅޭ މާޒިޔާ ސްޕޯޓްސް ކްލަބް ވަނީ މިދިޔަ މަހު އޮތް އޭއެފްސީ ކޮންފަރެންސް ލީގުގައި ވާދަ ކޮށްފަ އެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.