ދަޑިމަގު ކިންގްސް އާއި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން (ޑީއެސްއާރުސީ) ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ރާޅު އާޓްސް
ކުޅިވަރު
17 Nov 2024 | 01:31
ފަސޭހަކަމާއެކު ކިންގްސް ބަލިކޮށް ޑީއެސްއާރުސީ އިން ގުރޫޕްގެ އެއްވަނަ ކަށަވަރުކޮށްފި

ފުވައްމުލަކު ސިޓީގައި މިހާރު ކުރިއަށްދާ "މައި ފުވައްމުލައް ބާބާ ގާޑިޔާ ފުޓްސަލް ޓޯނަމަންޓް 2024" ގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ގުރޫޕް ސީގެ ދަޑިމަގު ކިންގްސް އާއި ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން (ޑީއެސްއާރުސީ) ވާދަކުރި މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ޑީއެސްއާރުސީ އިން ކަށަވަރުކޮށްފިއެވެ.

މުބާރާތުގައި ޑީއެސްއާރުސީ ކުޅުނު ފުރަތަމަ މެޗުގައި ޕޮލިސް އަތުން 7-0 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި ފިސްޑާ އަތުން އެޓީމު މޮޅުވީ 11-1 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ދަޑިމަގު ކިންގްސްގެ ފުރަތަމަ މެޗުގައި ފިސްޑާއި ވާދަކޮށް 1-1 ގެ ނަތީޖައަކުން ދެޓީމު އެއްވަރުވެފައިވާއިރު، ދެވަނަ މެޗުގައި ޕޮލިސް އަތުން އެޓީމު ބަލިވި 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަނަ ހާފުގައި ގިނަވަގުތު ބޯޅަ ހިދަހައްޓައިގެން މޮޅަށް ކުޅެ ޑީއެސްއާރުސީ އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން އެޓީމު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ޑީއެސްއާރުސީ އިން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ޑީއެސްއާރުސީގެ އިބްރާހިމް އަރީޝް އަދި އަހުމަދު ހަމީދު މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޑީއެސްއާރުސީގެ އަހުމަދު ހަމީދު އެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑީއެސްއާރުސީ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި ދަޑިމަގު ކިންގްސް ކުޅުނު ތިން މެޗުން ލިބުނު އެއްޕޮއިންޓާއެކު، ތިން ގުރޫޕުން ތިންވަނަ ހޯދި ތިން ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމުގެ ތެރޭގައި ހިމެނި އެޓީމުން ވެސް ވަނީ ކުއާޓާ ފައިނަލުން ޖާގަ ހޯދާފައެވެ.

މިމުބާރާތުގައި މިއަހަރު 12 ޓީމަކުން ވާދަކުރަމުންއަންނައިރު، މުބާރާތް ކުރިއަށްދަނީ ބައިވެރިވި 12 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިން ގުރޫޕުން ތިންވަނަ ހޯދާ ތިން ޓީމުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.

11 ނޮވެމްބަރު 2024 އިން 20 ނޮވެމްބަރު 2024 ގެ ނިޔަލަށް ފުވައްމުލަކު ސިޓީގައި ކުރިއަށްދާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.