މެންޗެސްޓާ ސިޓީ
08 Dec 2024
ޗެންޕިއަން މެންޗެސްޓާ ސިޓީ އާއި ކްރިސްޓަލް ޕެލަސްގެ ކުރިމަތިލުން އެއްވަރު
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެންޕިއަން މެންޗެސްޓާ ސިޓީއާއި ދެކޮޅަށް ކްރިސްޓަލް ޕެލަސް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
05 Dec 2024
ފަސޭހަކަމާއެކު ފޮރެސްޓް ބަލިކޮށް ސިޓީ އިން ފަރަގު ކުޑަކޮށްފި
އިގިރޭސި ޕްރެމިއާ ލީގުގައި ބުދަ ދުވަހަުގެ ރޭ އަމިއްލަ ދަނޑު ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެންޕިއަން މެންޗެސްޓާ ސިޓީން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެޗުގައިވާ ފަރަގު ނުވަ ޕޮއިންޓަށް ކުޑަކޮށްފިއެވެ.
01 Dec 2024
ސިޓީ ބަލިކޮށް އެއްވަނައިގައި ލިވަޕޫލުން 9 ޕޮއިންޓުގެ ލީޑެއް ނަގައިފި
އިގިރޭސި ޕްރެމިއާ ލީގުގައި އަދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑު 2-0 ގެ ނަތީޖާއަކުން ޗެންޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށް ލިވަޕޫލުން ލީގު ތާވަލުގައި ނުވަ ޕޮއިންޓަށް ލީޑު ފުޅާކޮށްފިއެވެ.
24 Nov 2024
މެޑްސަންގެ ދެލަނޑާއެކު ސިޓީ އަތުން ޓޮޓެންހަމްއަށް ފަސޭހަ މޮޅެއް
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި މެންޗެސްޓާ ސިޓީއާއި ޓޮޓެންހަމް ވާދަކުރި މެޗު ފަސޭހަކަމާއެކު 4-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ޓޮޓެންހަމް ކާމިޔާބުކޮށްފިއެވެ.
10 Nov 2024
ފަހަތުން އަރައި ޗެންޕިއަން ސިޓީ ބަލިކޮށް ބްރައިޓަން ހަތަރުވަނައަށް
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެންޕިއަން މެންޗެސްޓާ ސިޓީއިން ލަނޑެއް ކާމިޔާބުކޮށް ކުރިހޯދާފައި ވަނިކޮށް ފަހަތުން އަރައި 2-1 ގެ ނަތީޖައަކުން މޮޅުވެ ބްރައިޓަން އިން ލީގު ތާވަލުގެ ހަތަރުވަނައަށް ކުރިއަށްޖެހިލައިފިއެވެ.
31 Oct 2024
މެންޗެސްޓާ ސިޓީ ކަޓުވާލުމަށްފަހު ޓޮޓެންހަމް ކުއާޓާ ފައިނަލަށް
އިގިރޭސި ލީގުކަޕްގެ ދެވަނަ ބުރުގައި ބުދަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށް ޓޮޓެންހަމް އިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަހޯދައިފިއެވެ.
06 Oct 2024
ކޮވަސިޗްގެ ދެލަނޑާއެކު ފުލަމް އަތުން ސިޓީއަށް އުނދަގޫ މޮޅެއް
އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ސިޓީން އެއްވަނައިގައި އޮތް ލިވަޕޫލާއި ދެމެދުގައިވާ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްފިއެވެ.
02 Oct 2024
ފޯޑެންގެ މޮޅުކުޅުމާއެކު ބްރަޓިސްލާވާ އަތުން ސިޓީއަށް ފަސޭހަ މޮޅެއް
ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ރަށުން ބޭރުގައި ސްލޮވާކިޔާގެ ސްލޮވާން ބްރަޓިސްލާވާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުން ޕްރެމިއާ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފިއެވެ.