ލޭޓަން އޮރިއެންޓާއި މެންޗެސްޓާ ސިޓީ ވާދަކުރި މެޗުގެ ތެރެއިން..
ކުޅިވަރު
08 Feb 2025 | 19:40
މެންޗެސްޓާ ސިޓީ އަދި ޔުނައިޓެޑް އެފްއޭ ކަޕްގެ ފަސްވަނަ ބުރުން ޖާގަ ހޯދައިފި

އިނގިރޭސި އެފްއޭކަޕްގެ ފަސްވަނަ ބުރުން އެންމެ ފަހުގެ ޗެންޕިއަން މެންޗެސްޓާ ޔުނައިޓެޑް އަދި ރަނަރަޕް މެންޗެސްޓާ ސިޓީ ޖާގަ ހޯދައިފިއެވެ.

މުބާރާތުގެ ތިންވަނަ ބުރުގައި 2-1 ގެ ނަތީޖާއަކުން އަސެނަލް ބަލިކޮށް ހަތަރުވަނަ ބުރުން ޖާގަހޯދި ޔުނައިޓެޑް ފަސްވަނަ ބުރުން ޖާގަހޯދީ ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖައަކުން ލެސްޓާ ސިޓީ ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ލެސްޓާގެ މިޑްފީލްޑަރު ބޮބީ ޑެ ކޯޑުވާ ރެއިޑް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައި ވަނިކޮށް ދެވަނަ ހާފުގައި ޔުނައިޓެޑަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ ޒުވާން ފޯވާޑް ޖޯޝުއާ ޒިކްޒީ އެވެ. އަދި މިމެޗުން ޔުނައިޓެޑް މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ހެރީ މެގުއާ އެވެ.

ހެރީ މެގުއާ ފަހު މިނެޓު ލެސްޓާ ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ

މުބާރާތުގެ ހަތަރުވަނަ ބުރުން މެންޗެސްޓާ ސިޓީ ޖާގަހޯދީ ތިންވަނަ ބުރުގައި އިނގިރޭސި ތިންވަނަ ޑިވިޝަންގެ ސަލްފޯޑް 8-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ. އަދި ހަތަރުވަނަ ބުރުގައި، ދެވަނަ ޑިވިޝަމްގެ ލޭޓަން އޮރިއެންޓާއި ދެކޮޅަށް ރަށުން ބޭރުގައި މެންޗެސްޓާ ސިޓީން މިރޭ ކުޅުނު މެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ ލޭޓަން އިންނެވެ.

މިލަނޑަކީ މެޗުގެ 16 ވަނަ މިނެޓުގައި ލޭޓަންގެ ކުޅުންތެރިއަކު ސިޓީގެ ހާފު މެދެންހާ ހިސާބުހުރެ ގޯލަށް ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ސިޓީގެ ކީޕަރު ސްޓެފަން އޯޓޭގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ސިޓީ އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހުހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ޑިފެންޑަރު އަބުދުކޯދިރު ޚުސާނޯވް އެވެ. އަދި އެޓީމު މިމެޗުން މޮޅުވި ލަނޑު 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑެބްރޭނާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.