04 Dec 2023
ތިނަދޫ ކައުންސިލްގެ ހައިސިއްޔަތު އޮޅުން ފިލުވަން ކޮމެޓީއަށް
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގދ ތިނަދޫ އަކީ ސިޓީއެއްކަމަށް ކަނޑައެޅުމާއި ގުޅިގެން، އެ ރަށު ކައުންސިލްގެ ހައިސިއްޔަތާއި މެދު އަރާފައިވާ އޮޅުންތައް ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ފޮނުވައިފި އެވެ.