ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ
10 Mar 2024
ބަޔާން ބާތިލް ކުރާން އެންގީ މަތިކޮށްފައި އޮތް ޒިންމާގެ ދަށުން
ނ.ކެނދިކުޅުދޫ ކައުންސިލުން، ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ޒިޔާރަތުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ނެރުނު ނޫސް ބަޔާން ބާތިލް ކުރަން އެންގީ ލޯކަލް ގަވަމެންޓް އޮތޯރިޓީ, އެލްޖީއޭ އަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާގެ ދަށުން ކަމަށާ، އެ ބަޔާނާ ގުޅިގެން އިންކުއަރީއެއް ހަދަން އެލްޖީއޭގެ ބޯޑަށް މައްސަލަ ނުގެންދިޔައީ ކަމުގެ މުއާލާތް ކެނޑިދާނެތީ ކަމަށް އެ އޮތޯރިޓީގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވިދާޅުވެއްޖެެއެވެ.
10 Mar 2024
ކައުންސިލް އިމާރާތް އެޅުމުގެ ކްރައިޓީރިއާއަށް އާއްމުންގެ ޚިޔާލު!
މިއަހަރުތެރޭގައި 50 ރަށެއްގައި، 50 ކައުންސިލް ޢިދާރާ ޢިމާރާތް ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމުހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެލެއްވި ވަޢުދާއި އެއްގޮތަށް، އަޅާ 50 ކައުންސިލް އިމާރާތް ކަނޑައެޅުމަށް މާރކްސް ދޭނެ ކްރައިޓީރިއާ ތައް ކަނޑައަޅައި، އާއްމުންގެ ޚިޔާލަށް ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.
03 Feb 2024
މުޅި ޤައުމު މިއޮތީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަނާވެފައި: އާދަމް ޝަރީފް
އަޅުގަނޑުމެންގެ މުޅި ޤައުމު މިއޮތީ މަސްތުވާތަކެތީގެ ވަބާގައި ޖެހި ހަނާވެފައި ކަމަށާއި އެކަމުން ސަލާމަތް ވުމަށް އެންމެން ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމަ ޝަރީފް ވިދާޅުވެއްޖެއެވެ.
24 Jan 2024
ޤާނޫނުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ކަށަވަރުކޮށްދޭނަން: އާދަމް ޝަރީފް
ރާއްޖޭގެ އަތޮޅުތަކާއި، ރަށްތަކުގައި ޤާއިމުވެފައިވާ ކައުންސިލްތަކުންކުރާ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފިއެވެ.
22 Jan 2024
ނުކުޅެދޭ މީހުންނާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރެއް!
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދޮށީ އުމުރުގެ މީހުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލުމަށް ސަރވޭއެއް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
22 Jan 2024
ފަރުކޮޅުފުށީގައި ހަދާ ފެސިލިޓީއަކަށް މާލޭގައި އުޅޭ ބުޅާތައް ގެންދަނީ
ގްރޭޓާރ މާލެ ސަރަހައްދުގައި ބުޅާ ގިނަވާ މައްސަލަ ހައްލު ކުރަން ކ.ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ޤާއިމު ކުރަން ސަރުކާރުން ނިންމައިފިއެވެ.
19 Jan 2024
އިޚްތިޞާޞުން ބޭރު ފަޅު ރަށްތައްވެސް ކައުންސިލަށް ލިބޭގޮތް ހަދައިފި
ރައްޔިތުންގެ ފައިދާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ރަށްތަކުގެ ގޮތުގައި އެކައުންސިލެއް އިޚްތިޞާޞުން ބޭރުގައިވާ ފަޅުރަށްތައްވެސް ހިމެނޭ ގޮތަށް ސަރުކާރުން މިއަދު ހަމަޖައްސައިފި އެވެ.
07 Jan 2024
ސިޓީތަކާއި ޢިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާގެ ޕީއެސް އަކަށް އަބްދުﷲ ރަޝިދު
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަލަށް އުފެއްދެވި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަލްފާޟިލް އަބްދުﷲ ރަޝީދު އައްޔަންކޮށްފި އެވެ.
25 Dec 2023
ޕާކިންގެ މައްސަލައަށް ހައްލެއް ގެނައުމަށް އެއްފަހަރާ 4 ޕާކިންގް ބިލްޑިންގ އެއްގެ މަސައްކަތް ފަށަނީ!
ޕާކިންގެ މައްސަލައަށް ހައްލެއް ގެނައުމަށް އަންނަ މަހު އެއްފަހަރާ 4 ޕާކިންގް ބިލްޑިންގ އެއްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
25 Dec 2023
މިންގަނޑާ ޚިލާފް ކަންކަން ހުއްޓުމަށް ފުލުހުންނާއެކު މަސައްކަތް ކުރަނީ!
ރަށް ރަށުގެ ގެސްޓް ހައުސް ތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުން ފެންނަމުންދާ އިޖުތިމާޢީ މިންގަނޑާައި ޚިލާފް ކަންކަން ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.