މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވާހަކަ ދައްކަވަނީ--ފޮޓޯ/ވޮއިސް
ހަބަރު
25 Dec 2023 | 16:50
ފަތުރުވެރިންގެ ކިބައިން ފެންނަ މިންގަނޑާ ޚިލާފް ކަންކަން ހުއްޓުވުމަށް ފުލުހުންނާއެކު މަސައްކަތް ކުރަނީ!

ރަށް ރަށުގެ ގެސްޓް ހައުސް ތަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ފަރާތުން ފެންނަމުންދާ އިޖުތިމާޢީ މިންގަނޑާައި ޚިލާފް ކަންކަން ހުއްޓުވުމަށް ފުލުހުންނާ ގުޅިގެން މަސައްކަތް ތަކެއް މިހާރު ވެސް ކުރަމުންދާ ކަމަށް ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ. 

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ވޮއިސް" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން، އާދަމް ޝަރީފް ވިދާޅުވީ ރަށްރަށް ބާރުވެރި ކުރެވޭނީ، ރަށްރަށަށް އާމްދަނީ ލިބޭނެ ގޮތްތައް އިތުރުކޮށް, އެ ރަށްރަށަކީ ފުދުންތެރި ރަށްރަށަަށް ހެދިގެން ކަމަށެވެ. 

އެގޮތުން ލޯކަލް ޓޫރިޒަމަކީ ރަށްރަށުގައި ހިންގިދާނެ އެއް މަސައްކަތް ކަންވެސް ޝަރީފް ފާހަގަކުރެއްވި އެވެ. 

އެހެން ނަމަވެސް، އެގޮތުގެ މަތިން ޒިޔާރަތްކުރާ ފަތުރުވެރީންނަކީ ދިވެހީންނާއި މުސްލިމުންގެ މުޖުތަމަޢުއަށް ފެތޭ ވައްޓަފާޅި އަކަށް ނުވާއިރު، އެކަމުގެ ސަބަބުން މުޅި މުޖުތަޢުއަށް ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ކައުންސިލް ތަކުން މަސައްކަތް ތަކެއް ކުރަންޖެހޭ ކަން ޝަރީފް ފާހަގަކުރެއްވި އެވެ. 

މިއާއެކު ޝަރީފް ވިދާޅުވީ ރާއްޖޭގެ ގިނަ ކައުންސިލް ތަކުން ފަތުރުވެރިން އިޖްތިމާޢީ މިންގަނޑާ ޚިލާފުވާ މައްސަލައާއި ގުޅިގެން ހަރުދަނާ އުސޫލުތައް ހަމަޖައްސައި، ހަރުދަނާ ފިޔަވަޅުތައްވެސް އަޅަމުންދާ ކަމަށެވެ. 

އެހެން ނަމަވެސް، ބައެއް ރަށްރަށުގައި މުޅިން އެކަށީގެންވާ ގޮތަކަށް ނޫން އެކަން ދަނީކީއެއް. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިކަންކަމާއި ގުޅިގެން މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މޯލްޑިވްސް ޕޮލިސްއާއި އެކުގައި މަސައްކަތް ކުރުން. އެނގިވަޑައިގަންނަވާނެ، މި ދެ ދުވަހަކީވެސް ދިވެހިން ބޭނުން ނުވާ ކަހަލަ ކަންކަން ޓޫރިސްޓުން އުޅޭ ބައެއް ރަށްރަށުގައި ހިނގާ ދެދުވަސް. އެހެންވީމާ އަޅުގަނޑުމެން ވަރަށް ބޮޑަށް، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން އިލްތިމާސް ކޮށްފައިވާނެ، އަޅުގަނޑުމެންގެ އިޖްތިމާޢީ ފޭރާން ހަލާކު ނުވާނެ ގޮތަކަށް ރާއްޖޭގައި ޓޫރިޒަމްގެ ހަރަކާތްތައް ގެންދިޔުމަށް. 

ސިޓީ ތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް ޢުމަރު

ޝަރީފް އިތުރަށް ވިދާޅުވީ، ފަތުރުވެރިންގެ އެފަދަ މައްސަލަ ތަކުގައި، ކައުންސިލް ތަކުން، ކަންކަން ކުރަމުން އަންނަ ގޮތް، ކުރިއަށްވުރެ ރަނގަޅަށް މޮނީޓާ ކޮށް، އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ސަމާލުކަން ދެއްވާނެ ކަމަށެވެ. 

ލޯކަލް ޓޫރިޒަމާއެކު، ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް ރަށް ރަށުން، އާއްމު ތަން ތަނުގައި، އިޖުތިމާޢީ މިންގަނޑާައި ޚިލާފަށް ފަތުރުވެރިން ހެދުން އެޅުމާއި، އެފަދަ ޢަމަލުތައް ކުރުންވެސް އާއްމު ވެގެން ގޮސްފައިވާއިރު، އެ ރަށްރަށުގެ އާއްމުން އަންނަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.