ވަޒީރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: މިނިސްޓްރީ
ހަބަރު
10 Mar 2024 | 15:58
ކައުންސިލަކުން ނެރޭ ބަޔާނަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ފިޔަވަޅެއް އަޅާފާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ޝަރީފް

ކައުންސިލަކުން ނެރޭ ބަޔާނަކާ ގުޅިގެން ކުރިއަށް އޮތް ތަނުގައި ފިޔަވަޅު އަޅާފާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު ވަރަށް ސާފު ކަމަށާއި، ރައީސް ޑރ.މުއިއްޒު ވިދާޅުވިފަދައިން ކައުންސިލުތަކަށް ފިޔަވަޅުއަޅައި، ދަތިކުރުމަކީ ކުރާނެ ކަމެއް ނޫން ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތު ވަރަށް ސާފު. އެހެންވީމާ އަޅުގަނޑަކަށް ހިއެއްނުވޭ ދެނެއް މިގޮތަށް ނެރޭ ބަޔާނަކާ ގުޅިގެން ފިޔަވަޅެއް އަޅައިފާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ."

ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް އުމަރު ވިދާޅުވީ، ކައުންސިލްތަކާއި ގުޅޭ މިނިސްޓްރީ އެއް އުފެއްދި ނަމަވެސް، ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ) ހިނގަމުން ދަނީ  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި، އެލްޖީއޭ އޮންނަ އިހްތިސާސްގެ ތެރެއިން ކަމަށެވެ. އަދި އެލްޖީއޭއިން ގާނޫނު އަސާސީއާ ހިލާފުވެއްޖެ ނަމަ އެ ކަމެއް ބަލާނީ ބަންޑާރަނައިބުގެ އޮފީހުން ކަމަށާއި  ކައުންސިލަކުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފުވެއްޖެ ކަމަށް ފެނިއްޖެ ނަމަ އެ ކަމެއް ބަލާނީ އެލްޖީއޭއިން ކަމަށް ވެސް އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ވަޒީރު މިފަދައިން ވިދާޅުވެފައިމިވަނީ "ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ހިފައި ރަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕެއިން ހަރަކާތްތައް ހިންގުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން" ގެ ނަމުގައި ރައީސް ޑރ.މުއިއްޒު ނ.ކެންދިކުޅުދޫގައި ބޭއްވި ޖަލްސާއާއި ގުޅޭގޮތުން ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން އެލްޖީއޭ އިން އެންގުމާއި ގުޅިގެންނެވެ.

މިބަޔާނާއި ގުޅިގެން އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވަނީ ކެނދިކުޅުދޫ ކައުންސިލްގެ ރައީސަށް ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީގައި، ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި އަދި ނިންމަވާ ނިންމެވުންތަކާއި ދެކޮޅަށް ކައުންސިލްތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމަށް ވެސް ވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާއި ހިލާފު އިލްޒާމް އަޅުވާ ނޫސްބަޔާން ނެރުމަކީ އެލްޖީއޭ އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށާއި، އެ ނޫސްބަޔާން ބާތިލުކޮށް،އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ވެސް އެލްޖީއޭ އިން ވަނީ އެ ކައުންސިލަށް އަންގާފައެވެ.

އެލްޖީއޭ އިން މިފަދައިން އެންގި ނަމަވެސް، ބަންޑާރަނައިބު އަހުމަދު އުޝާމް ވެސް ވަނީ ކައުންސިލަކުން ނެރޭ ނޫސްބަޔާނެއް ބާތިލްކުރުމަށް އެލްޖީއޭ އަށް އެންގިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލަކުން ގާނޫނު އަސާސީއާ ނުވަތަ ގާނޫނާ ހިލާފަށް ކަމެއް ކުރާނަމަ އެލްޖީއޭއިން ދެން އަމަލު ކުރަންޖެހޭގޮތް ވެސް ގާނޫނުގައި ބަޔާންކޮށްފައި އެބައޮތް ކަމަށާއި، ނޫސް ބަޔާން ބާތިލުކުރަން އެލްޖީއޭއިން އެންގުމުން، އޭޖީ އަކީ އެލްޖީއޭއަށް ގާނޫނީ ލަފާ އަރުވާ ފަރާތުގެ ހައިސިއްޔަތުން، އެގޮތަށް ބަޔާން ބާތިލު ކުރުމަށް ނޭންގޭނެ ކަމަށް ވެސް ލަފާ އެރުވި ކަމަށް ވެސް އުޝާމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.