ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު
ހަބަރު
24 Jan 2024 | 15:50
ޤާނޫނުން ކައުންސިލްތަކަށް ލިބިދޭ ބާރުތައް ކަށަވަރުކޮށްދޭނަން: އާދަމް ޝަރީފް

ރާއްޖޭގެ އަތޮޅުތަކާއި، ރަށްތަކުގައި ޤާއިމުވެފައިވާ ކައުންސިލްތަކުންކުރާ މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުމާއި ހިއްސާ އިތުރުކުރުމަށް މަސައްކަތް ކޮށްދެއްވުމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު އެދިވަޑައިގެންފިއެވެ.

ވަޒީރު މިފަދައިން އެދިވަޑައިގެންފައި ވަނީ  ދިރިއުޅުމަށްޓަކައި ގޯތި ގެދޮރު ކުއްޔަށް ދިނުމާބެހޭ ޤާނޫން ތަންފީޒުކުރުމަށް ކައުންސިލަރުން ތަމްރީން ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެލްޖީއޭގައި ބޭއްވި މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނިންމުމަކީ ކައުންސިލްތައް ބާރުވެރިކުރުމުގައި ލިބެންޖެހޭ ޤާނޫނުން ދީފައިވާ ހައްޤުމަގާމު ހޯދުމުގެ ވަރަށް މުހިންމު އަސާސެއް ކަމަށެވެ. އަދި މިކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުން ރާވާ ޕްރޮގްރާމްތަކުގައި ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރެވޭނެ ގޮތްތައް ދެނެގަތުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެންމެ މުހިންމު ޒިންމާއެއް އޮތީ ކައުންސިލްތަކުގެ އަތްމަތީގައި ކައުންސިލްތަކުގެ ޒިންމާ ވަރަށް ބޮޑު އެޒިންމާތަކަށް ބަލާއިރު  ބައެއް ކޮމިޝަންތަކަށް ވުރެ ކައުންސިލްތަކުން ކުރައްވަން ޖެހޭ މަސައްކަތްތައް ގިނަ، މިޤާނޫނު ވުޖޫދުވެގެން އައުމުން ރައްޔިތުންނަށާއި، ކައުންސިލްތަކުގެ ޒިންމާ މިހާރަށްވުރެ ބޮޑުވާނެ" އާދަމް ޝަރީފް ވިދާޅުވިއެވެ

މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު އިތުރަށް ވިދާޅުވީ  އެލްޖީއޭގެ ޓެރިޓަރީއަށް ވަދެ މަސައްކަތްކުރަން އެހެންބަޔަކަށް ފުރުސަތު ނުދޭނެކަމަށާއި، އަދި އެލްޖީއޭގެ ޤާނޫނުން ލާޒިމްކުރާ ކަންތައްތައް ފުރިހަމަ ކުރެވިގެންދާކަން އެވުޒާރާއިން ކަށަވަރުކުރައްވާނެކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މުޅިރާއްޖެއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޯތިގެދޮރުގެ މައްސަލަކަމަށާއި ، ރައްޔިތުންނަށް އެކަންތައްތައް ހައްލުކޮށްދިނުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނީ ސިޓީތަކާއި ރަށްތަކާއި އަތޮޅުތަކުގެ ކައުންސިލްތަކަށް ކަމަށެވެ.

ރާއްޖޭގައި ގޯތި ގެދޮރު ކުއްޔަށް ދިނުމުގެ މައްސަލައަކީ ރިޔާސީ އިންތިޚާބުގެތެރޭގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުން ހުށައެޅި ކަންބޮޑުވުމެކެވެ. ގޯތިގެދޮރުގެ ކުލީގެ މައްސަލަ އަވަސްކޮށް ރައްޔިތުން އަތްފޯރާފަށަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ ހަފްތާ 14 މަގު ޗާޓުގައިވެސް ވަނީ ހިމަނުއްވާފައެވެ. އަދި މިސަރުކާރު ވެރިކަމަށް އައިސް މިވީ ކުރު މުއްދަތުގެ ތެރޭގައި ވަނީ ކުރިން ކުއްޔަށް ދޫކޮށްފައިވާ ބައެއް ތަންތަނުގެ ކުލިތައް ކުޑަވެސް ކޮށްދެއްވާފައެވެ.

ކޮމެންޓް
އިއްބެ
މި5އަހަރުންކަށަވަރުވާނެތަ
24 Jan 2024
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.