މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ ޑެޕިޔުޓީ މޭޔަރ އަޙްމަދު ނަރީޝް ބައިވެރިވަނީ. ފޮޓޯ: ވޮއިސް
ހަބަރު
25 Dec 2023 | 18:29
ޕާކިންގެ މައްސަލައަށް ހައްލެއް ގެނައުމަށް އަންނަ މަހު އެއްފަހަރާ 4 ޕާކިންގް ބިލްޑިންގ އެއްގެ މަސައްކަތް ފަށަނީ!

ޕާކިންގެ މައްސަލައަށް ހައްލެއް ގެނައުމަށް އަންނަ މަހު އެއްފަހަރާ 4 ޕާކިންގް ބިލްޑިންގ އެއްގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވީ ސިޓީސް އެންޑް ލޯކަލް ގަވަރަމެންޓް މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެެވެ.

ކޮންމެ އަހަރުކުވެސް ޕޮލިހާއި އެކީގައި ސިޓީ ކައުންސިލްއާއި ކަމާއި ގުޅުންހުރި ހުރިހާ މުއައްސަސާއެއް ގުޅިގެން ރޯދަމަހުގަ ބާޒާރު މައްޗަށް ތައްކަތު ކަމެއް ގެނެވޭ ކަމަށް ނަރީޝް ވިދާޅުވިއެވެ.

އެގޮތުން ހަތަރު ފުރޮޅުލީ އުޅަނދު އެސަރަހައްދަށް ވަކި ވަގުތު ތަކެއްގަ ނުވަދެވޭ ގޮތައް ހަދާ، އެމަސައްކަތް ކުރެވޭކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

“އެހެން ނަމަވެސް އެއަށް ވުރެ މިދިޔަ ފަސް އަހަރަށްވުރެ ތަފާތު ބޮޑު ނަތީޖާއެއް ނެރެވޭތޯ އަޅުގަނޑުމެން މަސައްކަތް މިކުރަނީ” 

ނަރީޝް ވިދާޅުވީ މިކަމާއި ގުޅުން ހުރި ހުރިހާ މުއައްސަސާއެއް މާދަމާ 11 ޖަހާއިރު ސިޓީ ކައުންސިިލާއި އެލްޖީއޭ މިނިސްޓްރީ އާއި އެކު ކަމާއި ގުޅުން ހުރި ހުރިހާ ވުޒާރާތަކަކާއި އެކީގައި ޕޮލިސީ ލެވެެލް ގަ ނިންމަންޖެހޭ ނިންމުން ތަކެއް ނިންމާ ގެނެވޭނީ ކޮން ކަހަލަ ބަދަލުތަކެއް ތޯ މަޝްވަރާކުރުމަށް ބައްދަލުވުމެއް އޮންނާނެ ކަަމަށެވެ.

މާލެ ސަރަހައްދުގެ ސާފުތާހިރުކަމާއި މާލެ ސަރަހައްދުގެ މި ޓްރެފިކް ފްލޯ އަށް ގެނެވިދާނެ ބަދަލުތަކަކީ ކޮބައި ކަމާއި މިތާނގަ ޤަވާއިދާއި ޚިލާފަށް ޕާކު ކޮށްފަ ހުރި އެއްޗިއްސާއި ދުވަސްވެގެން ހަލާކުވެފަ ނައްތާލަން ޖެހޭ ގޮތައް މާލޭ މަގުތަކުގައި އެހުރި އުޅަނދުތައް ނަގާފަ މިއެއްޗެހިތައް ޓޯ ކޮށްފަ މި ނައްތާލެވޭނެ ނިޒާމަކީ ކޮބައިތޯ މި ބައްދަލުވުމުގައި މަޝްވަރާ ކުރެވޭނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ މިވަގުތުި އަޅުގަނޑުމެންނަށް ގެނެވެން އޮތް އެންމެ ބޮޑު ހައްލަކީ ކޮބައިތޯ؟ ހައްލު ތަކެއް ގެނައުމުގެ މަސައްކަތް ފަށަނީ، އަންނަ މަސްތެރޭގައި އިރާދަކުރެއްވިއްޔާ ކައުންސިލާއި ސަރުކާރާއި އެކީގަ ޕާކިންގެ ބިލްޑިންގ ތަކުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައް މިހާރު ވަމުން މިދަނީ އިނގޭތޯ، އެހެންވީމަ ހަތަރު ވަރަކަށް ޕާކިންގ ބިލްޑިންގެ މަސައްކަތް އެއްފަހަރާ މިއަންނަ މަސްތެރޭގައި ފެށިގެންދާނެ"

މާލޭގެ ޑެޕިޔުޓީ މެޔަރ އަހްމަދް ނަރީޝް

އެބަދަލުތައް ސަރުކާރު ތެރެއިން އަންނަމުންދާ ވަރަކަށް މާލޭގެ ފްލޯ އަށް އަންނަމުންދާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ