މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ހަބަރު
04 Dec 2023 | 18:04
ތިނަދޫ ކައުންސިލްގެ ހައިސިއްޔަތު އޮޅުން ފިލުވަން ލާމަރުކަޒީ ކޮމެޓީއަށް

ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ގދ ތިނަދޫ އަކީ ސިޓީއެއްކަމަށް ކަނޑައެޅުމާއި ގުޅިގެން، އެ ރަށު ކައުންސިލްގެ ހައިސިއްޔަތާއި މެދު އަރާފައިވާ އޮޅުންތައް ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ފޮނުވައިފި އެވެ. 

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް، ޤާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާތީ، އެކަމުގެ ކަންބިޑުވުންތައް ގިނަބަޔަކު އޭރު ވެސް ދިޔައީ ފާޅުކުރަމުން ނެވެ. 

އެހެންކަމުން އެ ކަންބޮޑުވުންތަކާއެކު މިއަދު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއަށް ތިނަދޫ ކައުންސިލްގެ ރައީސާއި ބައެއް މެމްބަރުން ވަނީ ހާޒިރުވެވަޑައިގެން، ތިނަދޫ ކައުންސިލްގެ ހައިސިއްޔަތާއި ގުޅޭގޮތުން އުފައްދާ ބައެއް ސުވާލުތައް ހިއްސާކުރައްވާފަ އެވެ. 

އެގޮތުން ކައުންސިލްގެ ރައީސް، ސައުދު އަލީ ވިދާޅުވީ، މައްސަލައަކީ ކުރީގެ ރައީސް، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމާއި ގުޅިގެން އުފެދިފައިވާ ހިޔާލުތަފާތުވުންތަކެއް ކަމަށާއި އެއީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާއި 9 ވަނަ އިސްލާހުގައި ދިމާވި މައްސަލަ ކަމަށެވެ.

ޤާނޫނު މާނަކުރުމުގައި އެކި މައްސަލަތައް ދިމާވުމާއި ގުޅިގެން އެ މައްސަލަ ޙައްލުކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށާއި، އިދާރާތަކުން މިހާރި ފޮނުވާ ސިޓީތަކުގައި ސިޓީ ކައުންސިލަށް އަދި ތިނަދޫ ކައުންސިލަށް ވެސް އެޑްރެސްކުރައްވަމުންދާތީ ފުށުއެރުންތަކެއް ހުރިކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. 

ސައުދު ވިދާޅުވީ ކުޅުދުއްފުށި ސިޓީ ނުވަތަ ފުވައްމުލަކު ސިޓީ އުފައްދަވާފައިވަނީ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން ކަމަށްވެފައި، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައިވަނީ ޤާނޫނުގެ 51 ވަނަ މާއްދާގެ ދަށުންކަމަށް ވުމުން، ކައުންސިލް ހިންގަން ޖެހެނީ އޭރެއްގައި އޮންނަ ރަށު ކައުންސިލެއްގެ ދަށުން ކަމަށް ބެނެފައިވާއިރު، ރަސްމީކޮށް އެ އިދާރާ ސިޓީ ކައުންސިލަކަށް ބަދަލުނުވާތީ، ސިޓީ ކައުންސިލަތަށް އެކަށޭނަ ސެކެޓްރީ ޖެނެރަލެއް އައްޔަން ކުރުމަށް ސިވިލް ސާވިސް ކޮމިޝަނަށް ވެސް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. 

އެކަމާއި ގުޅޭގޮތުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ އެ އިދާރާއިން މިހާތަނަށް މަސައްކަތް ކުރަމުން އައިސްފައިވަނީ ތިނަދޫ އަކީ ސިޓީއެއްކަމުގައި ބަލައިގެން ކަމަށެވެ. 

އެގޮތުން ޚިދުމަތްތައް ދިނުމުގައްޔާއި، ބަޖެޓުގައި ބްލޮކް ގްރާންޓު ހިމަނައިގެން އެކަން ފަހިކޮށްދީފައިވާނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފަޔަކަށް ވެސް އެދިލައްވާފައިވާނެ ކަމަށެވެ. 

އެކަމާއި ގުޅޭގޮތުން އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް ޝަމްއޫނު އާދަމް ވިދާޅުވީ، ޤާނޫނުގައިވާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބޭނީ އޭރަކު އޮންނަ ކައުންސިލެއް ނޫން އާ ކައުންސިލެއް އިންތިހާބު ކުރުމުން ކަމަށެވެ. 

އެހެން ނަމަވެސް ދައުރު ހަމަވުމުގެ ކުރިން ސިޓީއެއްގެ ދަރަގަ ދީފިކަމަށް ވާނަމަ، ސިޓީ ހިންގަމުންދާނީ އޭރަކު އޮންނަ ކައުންސިލެއްގެ ބާރުގެ ދަށުންކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.