02 May 2023
މާ ގަޔާވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް"؛ ރައްޔިތުންގެ ޚިދުމަތުގައި 1 އަހަރު!
"ޢީދު އައީ ހިނިތުންވަމުން، މީރުވަހުން ޖައްވު ހުވަނދުލަމުން،" މިއީ 2022 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު، އާދެ! އެއަހަރުގެ ކުޑަ ޢީދު ދުވަހުގެ އިރު ފެނުން ތޮޅިލައިގެން އައި ވަގުތު، ހދ. އަތޮޅުގެ ރައްޔިތުންގެ ތެރޭ ގުގުމަމުން ދިޔަ ތަރާނާއެވެ.