03 Apr 2026
ޓެކްސީލައިންގެ ފުރަތަމަ ހަފުތާ ހިލޭ، ދަތުރު ނެގޭނީ 1655އަށް ގުޅައިގެން
ޓެކްސީ ލައިންގެ ފުރަތަމަ ހަފުތާގެ ޚިދުމަތަކީ ތަޖުރިބާ ދަތުރުތަކެއްކަމަށާއި، މި މުއްދަތުގައި އެއްވެސް އަގަކާ ނުލާ ޙިދުމަތް ލިބޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
03 Apr 2026
މަޝްރޫޢުތައް ނިންމާލެވޭނީ ސަރުކާރާ ރޫހެއްގައި މަސައްކަތްކޮށްގެން
ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރިއަށްގެންދާ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވޭނީ ސަރުކާރާއެކު އެއް ރޫހެއްގައި މަސައްކަތްކޮށްގެން ކަމަށް އެމްޓީސީސިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވެއްޖެއެވެ.
02 Apr 2026
މާލޭ ޓެކްސީ ލައިނުގެ ހިދުމަތް ފަށައިފި
ހިދުމަތް ފަށަނީ 150 ކާރާއެކު، 24 ގަޑިއިރު ދޭ ހިދުމަތެއްގެ ގޮތުގައި
02 Apr 2026
ހއ. ދިއްދޫގައި ދަނާލެއް ބިނާކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
ހއ. ދިއްދޫގައި އަލަށް ބިނާކުރާ ދަރިވަރުންގެ ދަނާލު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
01 Apr 2026
މާލޭ ޓެކްސީ ލައިންގެ ފްލީޓް: "ޗަންގަން ލޫމިން" ރާއްޖެ ގެނެސްފި
މި އާ އުޅަނދުތަކަކީ މާލޭގެ ކުދި މަގުތަކާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ، ދަތުރުފަތުރުގެ ފަސޭހަކަން އިތުރުކޮށްދޭނެ އުޅަނދުތަކެކެވެ. "ޗަންގަން ލޫމިން" އަކީ އޭގެ ސައިޒުގެ ގޮތުން މާލޭގެ ތޮއްޖެހިފައިވާ މަގުތަކުގައި ދުއްވުމަށް ވަރަށް އެކަށީގެންވާ އުޅަނދެކެވެ.
31 Mar 2026
ފަނަރަ ވަނަ އަތޮޅެއްގެ ގޮތުގައި ލާމުގައި އާރުޓީއެލް ފަށައިފި
އެމްޓީސީސީން ބުނީ ދެ ފެރީ ލޯންޗާއެކު ލާމުގައި އާރުޓީއެލްގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.
28 Mar 2026
މަޑަވެލީ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި
މަޑަވެލީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަތީފްއެވެ. މި ރަސްމިއްޔާތުގައި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ވަނީ ހިއްސާކުރައްވާފައެވެ.
28 Mar 2026
މަޑަވެލީގައި 50 ހައުސިންގ ޔުނިޓް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
މި ރަސްމިއްޔާތުގައި ދައުލަތުގެ އިސް ބޭފުޅުންނާއި ދާއިރާގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޙަމީދު އަދި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ޝަމީޒް މި އިވެންޓުގައި ބައިވެރިވެވަޑައިގެންނެވިއެވެ.