ބޮޑުތަކުރުފާނު މަގު- ފޮޓޯ/ އެމްޓީސީސީ
ހަބަރު
18 Aug 2026 | 16:22
ބޮޑުތަކުރުފާނު މަގު ހަދާފައިވަނީ ކަންބޮޑުވުންތައް އަހައި، ފަސޭހަވާނެ ގޮތަށް: ބްލައިންޑް އެސޯސިއޭޝަން

މާލޭގެ ބޮޑުތަކުރުފާނު މަގު އަލުން ތަރައްޤީކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށް، އެފަދަ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ވަރަށް ފުރިހަމައަށް ޕްލޭން ކުރެވިގެން ކަމަށް ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބްލައިންޑް އެސޯސިއޭޝަން) އިން ބުނެފިއެވެ.

ބްލައިންޑް އެސޯސިއޭޝަނުން މީސްމީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި، އެ އެސޯސިއޭޝަންގެ މެންބަރަކު ވަނީ އަލަށް ހެދި ބޮޑުތަކުރުފާނު މަގުގެ ޕޭވްމަންޓުގައި ކޭން ބޭނުންކޮށްގެން ހިނގާލުމަށްފަހު އޭނާގެ ތަޖުރިބާ ހިއްސާކޮށްފައެވެ.

އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ، މިހާރު މަގު ހަދާފައިވާ ގޮތުން ކޭން ޖައްސައިގެން ހިނގަން ވަރަށް ބޮޑަށް ފަސޭހަވެފައިވާ ކަމަށެވެ. އަދި ޖެޓީތަކާ ޕޭވްމަންޓާ ދެމެދު އެކަށީގެންވާ ދުރުމިނެއް ހުރުމުން، ވެއްޓިދާނެ ކަމުގެ އެއްވެސް ބިރެއް ނެތް ކަމަށް ވެސް ފާހަގަކުރިއެވެ. މީގެއިތުރުން، ކުރިން އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތް ޕޭވްމަންޓު މެދުގައި ލައިޓް ދަނޑި ޖެހުމުގެ މައްސަލައަށް މިފަހަރު ވަރަށް ރަނގަޅު ހައްލެއް ގެނެސްފައިވާ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ރަނގަޅަށް މިކަން ކޮށްފަ މި އޮތީ. އަސްލު ލައިޓް ދަނޑިތައް ތަންކޮޅެއް ދުރުގަ، އެއްގަމަށް ބޮޑަށް އެއްފަޅިއަށް ލާފަ އެ އިންނަނީ، ރުއްޖަހާފައި ހުރި ސަރަޙައްދަށް. އެހެންވީމަ މީ ވަރަށް ރަނގަޅަށް ޕްލޭން ކުރެވިގެން ހެދިފަ އޮތް މަގެއްކަމަށް ފާހަގަކުރެވެނީ،" ވީޑިއޯގައި ބުނެފައިވެއެވެ.

އަދި ހަމައެއާއެކު، މަގު ހުރަސްކުރާ ކްރޮސްވޯކްތައް ވެސް ހަދާފައިވަނީ ލޮލަށް ނުފެންނަ މީހުންނަށް ދެނެގަނެވޭނެ ގޮތަށް އަދި ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތްތަކަށް ވެސް ފަސޭހައިން ފައިބައިގެން މަގު ހުރަސްކުރެވޭ ގޮތަށް ކަމަށް އޭނާ ފާހަގަކުރިއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ލޮލުގެ ފެނުމުން މަޙްރޫމްވެފައިވާ ކުދިންނަށް ޚާއްޞަކޮށްގެން 'ޓެކްޓައިލް ޕޭވިންގ' އަޅާފައިވާތީ، ސްމާޓް ކޭން ބޭނުންކޮށްގެން އެކަނިމާއެކަނި އެހެން މީހެއްގެ އެހީއަކާ ނުލައި ހިނގާބިނގާވެ އުޅުމުގެ ފުރުޞަތު މިހާރު ވަނީ ތަނަވަސްވެފައެވެ.

މިއީ ސަރުކާރުން އެޅި ވަރަށް ރަނގަޅު ފިޔަވަޅެއްކަން ފާހަގަކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަޑުއަހައި މިފަދަ ފުރިހަމަ މަސައްކަތެއް ކޮށްދެއްވި ކަމަށްޓަކައި އެ ޖަމްޢިއްޔާއިން ވަނީ ސަރުކާރަށާއި މި މަޝްރޫޢު ކުރިއަށްގެންދިޔަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

އެ އެސޯސިއޭޝަނުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ހުރިހާ ދާއިރާއަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަންކަން ފަސޭހަވާނެ ފަދަ ގޮތަކަށް ސަރުކާރުގެ މަޝްރޫޢުތައް ބައްޓަންވެގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ