ޕަމްޕް ސްޓޭޝަން ހެދުމުގައި..
ހަބަރު
30 Jul 2026 | 18:43
ބޮޑުތަކުރުފާނުމަގު އަލަށް ތަރައްޤީކުރި ސަރަހައްދު ފެންބޮޑުވާ ސަބަބު ސާފުކޮށްދީފި

ބޮޑުތަކުރުފާނުމަގު އަލަށް ތަރައްޤީކުރި ސަރަހައްދުގައި ފެންބޮޑުވަނީ، އެ ސަރަހައްދުގައި ގާއިމްކުރުމަށް ނިންމާފައިވާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް އަދި ނުނިމޭތީކަމަށް އެމްޓީސީސީން ބުނެފިއެވެ.

މާލެއަށް މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި ބޮޑުތަކުރުފާނުމަގު އަލަށް ހެދި ސަރަހައްދުން ފެންބޮޑުވުވެ ބައެއް ފަރާތްތަކުން ފަތުރަމުންގެންދާ ވާހަކަތަކަށް އެމަގުގެ މަސައްކަތް ކުރަމުންގެންދާ އެމްޓީސީސީން މިއަދު ވަނީ މަގުގައި ފެންބޮޑުވާ ސަބަބު ސާފުކޮށްދީފައެވެ.

އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނުމަގު އަލަށް ހެދި ސަރަހައްދު އާއްމު ދަތުރުފަތުރަށް ހުޅުވާލިއިރު، އެމަގު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށް ކުރިންވެސް އާއްމުކޮށް އިއުލާނުކޮށްފައިވާަކަމަށެވެ. އެގޮތުން އެމަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ތިން ޕަމްޕް ސްޓޭޝަން ބެހެއްޓުމުގެ މަސައްކަތް އަދި ނުނިމޭއިރު، މިހާރު މަސައްކަތް ކުރިއަށްދާގޮތުން އަންނަ އޮގަސްޓްމަހުގެ 15 ވަނަ ދުވަހުގެ ކުރިން އެ ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަން ފަށާނޭކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރަމުންދާ މޫސުމީ ވިއްސާރާގައި އެމަގުގައި ފެންބޮޑުވެއްޖެނަމަ ފެންގަނޑު ހިއްކުމުގެ މަސައްކަތް އެކުންފުނިން ކުރަމުންދާނޭކަމަށެވެ.

ފެންބޮޑުވާ މައްސަލާގައި މިއަދު ހައުސިން މިނިސްޓްރީން ބުނެފައިވަނީ، ބޮޑުތަކުރުފާނުމަގު އަލަށް ތަރައްޤީކުރި ސަރަހައްދު ޑިޒައިން ކޮށްފައިވަނީ ސްޓޯމްވޯޓަރ ދްރެއިނޭޖް ސިސްޓަމް ހިމެނޭ ގޮތަށްކަމަށެވެ. މަގުގެ ކެރިއޭޖްވޭގެ މަސައްކަތް ނިމުމާއެކު އާންމުނަށް ހުޅުވާލީ މަގު ބަންދުކޮށްފައި އޮތުމުން އާންމުނަށް ފަސޭހަކުރުމުގެ ގޮތުންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
14 Sep 2026
އިމާމުންނަށް ދިވެހި ސަޤާފަތާ ގުޅޭ ހެދުމެއް ފަރުމާކުރަނީ
އިމާމުން ނަމާދުކުރައްވާއިރު ދިވެހި ތާރީޚާއި ސަޤާފަތާ ގުޅޭ ޚާއްޞަ ހެދުމެއް ފަރުމާކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވަޒީރު ޝަހީމް ހާމަކުރައްވައި ފަންނުވެރިންގެ އެހީއަށް އެދިވަޑައިގެންފިއެވެ.
14 Sep 2026
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅި އިސްލާހުތަކަށް ޚިޔާލު ހޯދުމަށް ހުޅުވާލައިފި
އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅިފައިވާ އިސްލާހުތައް އާންމުކޮށް، އިތުރު އިސްލާހު ހުށަހެޅުމުގެ ފުރުސަތު 20 ސެޕްޓެމްބަރު 2026 އާ ހަމައަށް ހުޅުވައިލައިފިއެވެ.
14 Sep 2026
ޔަމާލް ޖެހި ލަނޑުތަކާއެކު ތާވަލްގެ އެއްވަނާގައި ބާސެލޯނާ ހަމަޖެހިލައިފި
މި މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ސްޕެނިޝް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ތާވަލުގެ ދެވަނައިގައި އޮތީ އެ ޓީމުގެ ވާދަވެރި ރެއާލް މެޑްރިޑެވެ
14 Sep 2026
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް
ވެނެޒުއެލާގައި ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގުމުގެ ފުރުސަތު އޮތް ކަމަށް ޓްރަމްޕް ބުނެ، ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް ޤަބޫލުކުރާ ކަމަށް ހާމަކޮށްފިއެވެ.
14 Sep 2026
22 އަހަރު ފްރީޒްކުރި އެމްބްރިއޯއެއް ބޭނުންކޮށް އަންހެނެއް ދަރިއަކު ވިހައިފި
ދަރިފުޅު އެކްސިޑެންޓެއްގައި މަރުވުމާ ގުޅިގެން 22 އަހަރަށް ވުރެ ގިނަ ދުވަސް ކުރިން ގަނޑުކޮށްފައި ބެހެއްޓި އެމްބްރިއޯއެއް ބޭނުންކޮށް ގުރީސްގެ 54 އަހަރުގެ އަންހެނެއް ކާމިޔާބުކަމާ އެކު އަންހެން ކުއްޖެއް ވިހައިފިއެވެ.