އެމެރިކާގެ ރައީސް ޓްރަމްޕް-
ދުނިޔެ
14 Sep 2026 | 09:44
ވެނެޒުއެލާއާ މެދު ކަންކުރިގޮތަށް އީރާނުގައި ތިބެ ތެޔޮ ނެގުމުގެ ފުރުސަތު އެބައޮތް: ޓްރަމްޕް

ވެނެޒުއެލާގައި އެމެރިކާއިން ޢަމަލުކުރި ގޮތަށް އީރާނުގައި ވެސް މަޑުކޮށް ތެޔޮ ނެގިދާނެ ކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ދީފިއެވެ.

އަޔަލެންޑަށް ކުރި ދަތުރުގައި އައިރިޝް އޯޕަން ގޮލްފް މުބާރާތުގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ޓްރަމްޕް ބުނީ އީރާނާ ދެމެދު ހިނގާ ހަނގުރާމަ މި އަހަރު ނިމޭނެ ކަމަށް އޭނާ ޤަބޫލުކުރާ ކަމަށެވެ. ނޮވެމްބަރުގައި އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބަށް ފަހު އެކަން ހަމަޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ބުންޏެވެ. ހަނގުރާމަ ނިމުމާ އެކު ޕެޓްރޯލުގެ އަގު ވަރަށް ބޮޑަށް ވެއްޓޭނެ ކަމަށް ޓްރަމްޕް ފާހަގަކޮށްފައިވެއެވެ.

ޓްރަމްޕް ބުނީ ސުލްޙައިގެ ވާހަކަތަކަށް އީރާނުން "މެދުނުކެނޑި" ގުޅާ ކަމަށެވެ. ނަމަވެސް ތެހެރާނުން ކުރިން ވެސް އެ ވާހަކަ ދޮގުކޮށްފައިވެއެވެ. "ރަނގަޅު" އެއްބަސްވުމެއް ނޫނީ ނުހަދާނެ ކަމަށާއި "ބޭކާރު" ޑީލެއް ނުހަދާނެ ކަމަށް ވެސް ބުންޏެވެ.

އެހެންނަމަވެސް އީރާނުގައި ދެމިތިބުމުގެ ޚިޔާލެއް ވެސް ޓްރަމްޕް ހުށަހެޅިއެވެ. އޮގަސްޓް މަހު އިޢުލާނު ކުރި ވެނެޒުއެލާ ޑީލަށް ޙަވާލާދީ ޓްރަމްޕް ބުނީ "ވެނެޒުއެލާ ގޮތަށް މަޑުކޮށް ތެޔޮ ނެގުމަށް ނިންމައިފައި ނޫނީ (އީރާނުން) ނުނުކުންނާނަން" ކަމަށެވެ. ވެނެޒުއެލާއިން ލިބޭ އާމްދަނީން ހަނގުރާމައިގެ ޚަރަދު "އެތައް ގުނައެއް ފޫބެއްދިފައިވާ" ކަމަށް ވެސް ބުންޏެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ތެލުގެ ބާޒާރު ހަލަބޮލިވެފައި އޮތް މި ދަނޑިވަޅުގައި ސައޫދީ ޢަރަބިއްޔާގެ ތެޔޮ ހޮޅިއަކަށް ދިން ހަމަލާއާ ގުޅިގެން ހޯމަ ދުވަހު ތެލުގެ އަގު އަނެއްކާ ވެސް ވަނީ އުފުލިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.