އެއްނަމްބަރު ލޯންތައް ކައިރިކުރާ ސަރަހައްދު މިހާރު އޮންނަ ގޮތް.. ފޮޓޯ؛ ވޮއިސް
ހަބަރު
25 Jul 2026 | 19:00
ބޮޑުތަކުރުފާނުމަގު އެއް ނަމްބަރު ފާލަން ސަރަހައްދަށް ދެން އަންނަން އޮތީ ކޮން ބަދަލެއް؟

މާލޭގެ ބޮޑުތަކުރުފާނުމަގު ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ އުމްރާނީ ތަރައްޤީގެ މަޝްރޫޢުއަކީ މި ފަހުގެ ތާރީހެއްގައިވެސް މާލެއަށް އައި އެންމެ ފާަހގަކޮށްލެވޭ ބަދަލެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ވަނީ ބާޒާރުމަތީ ސަރަހައްދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާހަމަޔަށް ވަނީ ފުޅާކުރުމުގެ މަސައްކަތް ނިމިފައެވެ. މި ސަރަހައްދަކީ މާލޭގެ އެންމެ ބާރުބޮޑު ސަރަަހއްދެވެ. އެއްގަމު ދަތުރުފަތުރުގެ އިތުރުން މާލެއަށް މީހުންފައިބާ އަދި އުލަނދުތައް އެންމެ ގިނައިން ލަފާފުރާ ހަދަނީވެސް އެ ސަރަހައްދުތަކުންނެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ފެށި މި މަސައްކަތުގެ އެންމެ ފުރަތަމަ ނިމިފައިވަނީ ބާޒާރުމަތީ ސަރަހައްދެވެ. އެއަށްފަހު ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެއްނަމްބަރު ފާލަމާ ހިސާބަށް ތަރައްޤީކޮށް ނިންމައި އިއްޔެ ވަނީ އެ ސަރަހައްދު އާއްމުނަށް ހުޅުވާލާފައެވެ. މި ސަރަހައްދު އާންމުނަށް ހުޅުވާލިއިރު އެންމެބޮޑު ފަސޭހަކަމެއް ލިބިގެންދިޔައީ ޕާކްކުރުމަށް ޖާގައެއް ހައްސަކޮށްފައި އޮތުމުންނެވެ.

ބޮޑުތަކުރުފާނުމަގު އެންމެފަހުން ތަރައްޤީކުރި ސަރަހައްދު

މާލޭގެ އެންމެ ކާރޫބާރޫބޮޑު ސަރަހައްދުމަގު ހަތަރު ލޭނަށް ބަދަލުކުރުމާއެކު އެ ސަރަހައްދުގެ ދަތުރުފަތުރަށް ވަނީ ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންގޮސްފައެވެ.

މާލޭ ވަށައިގެންވާ މަގު ތަރައްޤީކުރި ހިސާބަށް ދެން އަންނާނެ ބަދަލުގެ ތަސްވީރެއް ރައީސްލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދައްކާލާފައެވެ.

އެ ބަދަލަކީ އެއްނަމްބަރާ ދިމާލު ލޯންޗްފަހަރު ގާތްކުރާ ސަރަހައްދަށް ގެނައުމަށް ނިންމާފައިވާ ބަދަލެވެ. މިހާރު އެ ސަރަހައްދުން ލޯންޗުތަކުގައި ފުރާ ރައްޔިތުންގެ އެންމެބޮޑު ޝަކުވާއަކަށް ވެފައި އޮންނަނީ ލޯންތައް ގިނަކަމުން ފަހަރަކު ލޯންޗަކަށް އަރަންޖެހޭ މައްސަލައެވެ.

މަގުހެދުމުގެ ކުރިން ފަސް ނަމްބަރު ޖެޓީ ސަރަހައްދު.. ފޮޓޯ: ވޮއިސް

ބައެއްފަހަރު ބޭނުންވާ ލޯންޗަށް އެރެނީ ތިން ހަތަރު ލޯންޗަށް އަރައިގެންނެވެ. މިއީ މުސްކުޅިންނާއި ކުޑަކުދިން އަދި އަންހެނުންނަށް ކުރިމަތިލާންޖެހޭ ވަރަށްބޮޑު ތަކްލީފެކެވެ. މިހެއް އެއްލޯންޗުން އަނެއް ލޯންޗަށް އެރުމުގެ ތެރޭގައި ބައެއްމީހުން ކައްސާލާފައިވެސް އެބަހުއްޓެވެ. އަދި ފަޅުތެރެ އުފުލަންޖެހޭ ތަކްލީފް ވަކިން ބޮޑެވެ.

އެއްނަމްބަރު ޖެޓީ ކައިރި ލޯންޗުތައް ގާތްކުރާ ސަެަހައްދަށް މިހާރު ގެނައުމަށް ނިންމާފައިވާ ބަދަލާއެކު ލޯންތައް ގިރާކުރަން ޖެހޭޖެހުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނޭކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

އެއްނަމްބަރާ ދިމާލު ލޯންތައް ގާތްކުރާ ސަރަހައްދަށް ގެނައުމަށް ނިންމާފައިވާ ބަދަލު އަންގައިދޭ ކުރެހުމެއް..

މާލެ ވަށައިގެންވާ މަގު ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ މި ސަރުކާރުން މާލޭގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައެވެ. މި މަޝްރޫއަކީ ދިވެހި ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ. އެ ކުންފުންޏަށް މި މަސައްކަތް ހަވާލުކޮށްފައި ވަނީ 144,5 ރުފިޔާގެ އަގަކަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.