27 Nov 2025
ކުރީގެ ރައީސުންނަށް ދޭ އިނާޔަތުން ބައެއް އުނިކޮށް ނައިބު ރައީސުންނަށް އިނާޔަތެއް
ކުރީގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ރަސްމީ އޮފީސް ހިންގަވަން ކޮންމެ މަހަކު ދައުލަތުގެ ބަޖެޓުން ދެމުން އަންނަ 175،000 ރުފިޔާ އުނިކޮށް، ނައިބު ރައީސްކަން ކުރެއްވި ބޭފުޅުންނަށް 25،000 ރުފިޔާގެ އިނާޔަތެއް ދޭން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.