17 Jun 2025
މާލޭން 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ
އަންހެން މީހާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޖިންސަކާއި ހުދު ޓޮޕަކާއި ކަޅު ސޯލެއް އަޅައިގެންނެވެ.
17 Jun 2025
ރައުދުއާ ޔުމްނު މަސްތުގެ ހާލަތަށް އައީ އަމިއްލަ އިހްތިޔާރުގައި، ދެ މީހުން ޒިންމާ އުފުލަން ޖެހޭނެ
ރައުދު އަހްމަދު ޒިލާލް އާއި ހައްވާ ޔުމްނު މަސްތުގެ ހާލަތަށް އައީ އަމިއްލަ އިހްތިޔާރުގައި ކަމަށާ އެހެން ކަމުން އޭގެ ސަބަބުން ދިމާވި ކަންކަމުގެ ޒިންމާ ދެ މީހުން ވެސް އުފުލަން ޖެހޭނެ ކަމަށެވެ.
17 Jun 2025
ރިޔާސީ ކޮމިޝަންގެ ރިޕޯޓް؛ ރައުދުގެ އިހްމާލު އެބަ އޮތް
17 Jun 2025
ޔޯގާ ދުވަހުގެ ހަމަނުޖެހުން: ދެން ކޯޓްގައި ގެންދާނީ ހަތް މީހެއްގެ ޝަރީއަތް
މި މައްސަލާގައި ދެން ކޯޓުގައި ކުރިއަށްދާނީ ޔޯގާ ދުވަހުގެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ، އެމީހުންގެ މެދުގައި ބިރުވެރިކަން އުފެއްދުމުގައި ސީދާގޮތުން ބައިވެރިވިކަމަށް ހެކި ގަރީނާ ލިބިފައިވާ މީހުން މައްޗަށް ކޮށްފައިވާ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާތައް އެކަނި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
17 Jun 2025
ޔުމްނުގެ އާއިލާއިން ޓެސްޓްތައް ހަދަން ދެކޮޅުހެދި: ރިޕޯޓް
17 Jun 2025
ރައުދުގެ ބޭބެ ދާއޫދާއި އޭނާގެ ރައްޓެހިގެން ދޮގު ބަޔާން ދިން: ކޮމިޝަން
ދާއޫދު މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ހިދުމަތަށް ދިން ބަޔާންއާ އެ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު ތަހުގީގަށް ދޮގު ބަޔާން ދީފައިވާކަން ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
17 Jun 2025
ކޮމިޝަނުން ބުރަވަނީ މަސްތުގެ ހާލަތުގައި ޔުމްނު ވެއްޓުނީ ކަމަށް
ހެންވޭރު ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލާގައި ރިޔާސީ ކޮމިޝަނުން ބުރަވަނީ އޭނާ މަސްތުގެ ހާލަތުގައި ވެއްޓުނީ ކަމަށް, ކަމާގުޅޭ ރިޕޯޓްގައި ބުނެފި އެވެ.
17 Jun 2025
ރިޔާސީ ކޮމިޝަންގެ ރިޕޯޓް؛ ޔުމްނު ގަދަ ކަމުން ވައްޓާލި ކަމަކަށް ނުބެލެވޭ
މިދިޔަ އޭޕްރީލް 18 ވަނަ ދުވަހު ހެންވޭރު ގެއަކުން ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދު، މީހަކު ގަދަކަމުން ވައްޓާލުމަށް މަަސައްކަތް ކުރުމުގެ އެއްވެސް ނިޝާނެއް ޔުމްނުގެ ހަށިގަނޑުން ފެންނަން އޮތް ކަން މެޑިކަލް ރިކޯޑްތަކާއި ހެކީންގެ ހެކި ބަހުން އެނގެން ނެތް ކަމަށް އެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފި އެވެ.