ފްލެޓް އެގްރީމެންޓްގައި ސޮއިކުރުން..
ހަބަރު
29 Jul 2025 | 10:21
މެދުކެނޑުމަކަށްފަހު ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ފަށައިފި

މިނިވަންދުވަހާ ގުޅިގެން އައި ބަންދަށްފަހު ގެދޮރުވެރިޔާ ސްކީމުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ފަހިދިރިއުޅުން ކޯޕަރޭޝަނުގެ އޮފިޝަލަކު ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ، ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއެކޭ އެއްގޮތަށް ކުރިއަށްދާކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށްގެންދަނީ ހުޅުމާލޭ ފޭސް އެކެއްގެ ސިންތަޓިކް ޓްރެކް ސަރަހައްދުގައި އެކަމަށް ހާއްސަކޮށް ހަދާފައިވާ ތަނުގައި ހެނދުނު 9 އަކުން ފެށިގެން ހަވީރު 4 ޖެހުމާ ހަމަޔަށެވެ.

އެފްޑީސީން ބުނީ ވެރިފައިކޮށް ނިމިފައިވާ ފޯމްތަކުގެ ތެރެއިން މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ޖުމްލަ 92 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށެވެ. 

ފްލެޓް އެއްބަސްވުންތަކުގައި ސޮއިކުރަން ފެށިފަހުން މިހާތަނަށް ކުރިމަތިވާކަމަށް ފާހަގަކުރެވުނު އެންމެބޮޑު އެއް މައްސަލައަކީ ސޮއިކުރަން އަންނައިރު ޕޯޓަލަށް ފޮނުވާފައި ހުންނަ މައުލޫމާތު ފުރިހަމަނުވުމުގެ މައްސަލަކަމަށް އެފްޑީސީން ބުނެއެވެ. އެގޮތުން  ފޮނުވާފައި ހުންނަ އައިޑީކާޑުފަދަ ލިޔުންތައް ސާފް ނުވުމުގެ މައްސަލަ ހިމެނެއެވެ.

އެޕާޓްމަންޓް އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކަންކަން ކުރިއަށްގެންދަނީ، ހައުސިން މިނިސްޓްރީން ފޯމުތައް ވެރިފައިކުރުމަށްފަހު ދޭ ތަރުތީބުންނެވެ. ހައުސިން މިނިސްޓްރީން އެމީހެއްގެ ނަން އެފްޑީސީއަށް ފޮނުވުމުން ގެދޮރުވެރިޔާ ޕޯޓަލުން އެ މައުލޫމާތު އަޕްޑޭޓްވިކަމަށް އެމީހެއްގެ ފޯނަށް މެސެޖެއް ފޮނުވާއިރު، އެއްބަސްވުމުގައި ސޮއިކުރަންޖެހޭ ފަރާތްތަކަށް އެކަން އަންގަނީ، އެފްޑީސީގެ "ފަހި ޕޯޓަލަށް ލޮގިންވުމަށް އަންގާ ޓެކްސްޓް މެސެޖަކުންނެވެ.

އެފްޑީސީ ޕޯޓަލަށް އަޕްލޯޑްކުރަންޖެހޭ ލިޔުންތަކުގެ ތެރޭގައި ފްލެޓް ލިބޭމީހުންގެ އައިޑީކާޑާއި، ހެކިވެރިޔާ އައިޑީކާޑްގެ އިތުރުން ބަދަލުގައި ސޮއިކުރަން މީހަކު ފޮނުވާނަމަ އެމީހެއްގެ މައުލޫމާތު ހިމެނެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ގެންދަންޖެހޭ ލިޔެކިއުންތައް:  

1- ކުއްޔަށްހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު 2 ކޮޕީ

2- ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު 2 ކޮޕީ

3- ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި 2 ކޮޕީ

4- ޒިންމާއަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު

5- އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް

ގެދޮރުވެރިޔާ ސްކީމުން ދޫކުރާ އެޕާޓްމަންޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ފަށާފައިވާއިރު، މިހާރު ހަމަޖެހިފައިވާގޮތުން އަނބިމީހާ ނުވަތަ ފިރިމީހާއަށް ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައި އޮތް ނަމަވެސް، އެޕާޓްމަންޓް ލިބެއެވެ. 

އެފްޑީސީއިން ތަރައްޤީކުރަމުންދާ 4000 ސޯޝަލް ހައުސިންގ ޔުނިޓް މަޝްރޫޢުގައި 16 ޓަވަރު ހިމެނޭއިރު، 96 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ. އެފްޑިސީން ބުނީ އެޕާޓްމަންޓްތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިންގ މަސައްކަތްތައް ނިންމާފައިކަމަށެވެ. އަދި އަމާޒަކީ ސެޕްޓެމްބަރުމަހުގެ ނިޔަލަށް ހުރިހާ އެޕާޓްމަންޓްތައް ހަވާލުކޮށް ނިންމާލުންކަމަށްވެސް އެޗްޑީއެފްސީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.