ރައްޔިތުންގެ މަޖިލިސް- ފޮޓޯ/ ވޮއިސް
ހަބަރު
29 Jul 2025 | 11:42
މެންބަރުންގެ މަސައްކަތް ދައްކުވައިދެނީ ސްޕޮންސާކުރައްވާ ބިލުގެ އަދަދަކުން ނޫން: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތްތަކާ ގުޅޭގޮތުން، ސައްހަނޫން މައުލޫމާތު މީސް މީޑިއާގައި ނުފެތުރުމަށް މަޖިލީހުން އެދިއްޖެއެވެ. 

މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހަށް ސްޕޮންސާ ކުރެއްވި ބިލްތަކާއި، ގަރާރާއި ކުއްލި މައްސަލައިގެ އަދަދު އެނގޭ ގޮތަށް މެންބަރުންގެ ފޮޓޯ އާއްމުކޮށް، އެއީ އެ މެންބަރުން މަޖިލީހުގައި ކިރައްވާ ހަމައެކަނި މަސައްކަތް ކަމަށް ދޭހަވާ ގޮތަށް މީސް މީޑިއާގައި އަންނަނީ ބައެއް ފަރާތްތަކުން ޕޯސްޓްތައް ދައުރު ކުރަމުންނެވެ. 

އެކަމާ ގުޅިގެން މަޖިލީހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކޮށް ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި މަޖިލީހުގެ ޖަލްސާތަކާއި އެ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ކުރިއަށް ގެންދަނީ ޢާންމުންނަށް ހުޅުވާލައިގެން ކަމަށެވެ.

”އަދި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ ބައްދަލުވުންތައް ވަގުތުން ދުރަށް ދެއްކުމާއި، ބްރޯޑްކާސްޓްކުރުމަށް އޮތް އުސޫލުގެ މަޤްޞަދަކީ، ހޭލުންތެރިކަން އިތުރުކުރުމާއި، މަޢުލޫމާތު މުއްސަނދިކުރުމާއި ވަކި ފަރާތަކަށް ނުޖެހި ތެދު ޚަބަރު ފޯރުކޮށްދިނުމާއި، މަޖިލީހުގެ އުސޫލުތަކާއި އާދަތަކާއި، ކަންހިނގާ ގޮތަށް އަހުލުވެރިކުރުމާއި، ޢާންމު މައްސަލަތަކާއި ޤައުމުގެ އެކިއެކި ކަންކަމާ ބެހޭގޮތުން ދެކެވޭ ވާހަކަތަކާއި އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، އަދި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުންނާއި، ސަރުކާރާއި ޤައުމު ހިންގުމުގައި ދިމާވާ ކަންކަމާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވުމެވެ.“ މަޖިލީހުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީގެ މަސައްކަތްތައް މަޖިލީހުގެ ވެބްސައިޓްގައި ޝާއިޢުކުރަމުން ގެންދަނީ މަޖިލީހުގެ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށާ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިހާތަނަށް ހުށަހަޅުއްވާފައިވާ ބިލުތަކާއި ޤަރާރުތަކާއި މައްސަލަތަކާއި ވަޒީރުންނާ ކުރައްވާފައިވާ ސުވާލުތަކާއި، ޝާމިލުވެލައްވާ ކޮމިޓީތަކުގެ މަޢުލޫމާތާއި ތަފާސްހިސާބު ފެންނަން ހުންނާނެ ކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް، އެއީ އެ މެންބަރުން މަޖިލީހުގައި ކުރައްވާ ހަމައެކަނި މަސައްކަތް ނޫންކަމުގައި ދަންނަވަމެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މުހިންމު ގިނަ މަސައްކަތްތަކެއް މަޖިލީހުގެ ކޮމިޓީތަކުގައި ކުރިއަށްގެންދެއެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގައި ކުރައްވާ މަސައްކަތްތައް ނިމިގެންދާނީ މަޖިލީހުގެ ހުރިހާ މެންބަރުންގެ ބައިވެރިވުމާ އެކުގައެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގައި ކުރައްވާ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި މެންބަރުން މަޖިލީހަށް ސްޕޮންސަރކުރައްވާ ބިލުގެ ޢަދަދުން ނޫންކަމާއި، އެކި މަރުޙަލާތަކުގައި މަޖިލީހުގެ މެންބަރުންގެ ބައިވެރިވުމާއި މަޝްވަރާ އޮންނަކަން ފާހަގަކުރަމެވެ.

މަޖިލިސް

އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގެ އިދާރާއިން ޢާންމުކުރަމުން ގެންދާ މަޢުލޫމާތުތައް ނަހަމަގޮތުގައި ބޭނުންކޮށް ޢާންމުންނަށް އޮޅުންއަރާގޮތަށް އެ މަޢުލޫމާތުތައް ބޭނުން ނުކުރުމަށާއި، މަޖިލީހުގެ މަޢުލޫމާތު ހިއްސާކުރާއިރު ޒިންމާދާރުކަމާއެކީ މަޢުލޫމާތު ހިއްސާކުރުމަށާ، އަދި މަޢުލޫމާތު ޢާންމުކުރުމުގެ ކުރިން އެ މަޢުލޫމާތަކީ ތެދު މަޢުލޫމާތެއްކަން ކަށަވަރުކުރުމަށް މަޖިލީހުން ވަނީ އެދިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
27 Sep 2026
ނޭކުރެންދޫގައި ސައިބާ ސެކިއުރިޓީ ވޯކްޝޮޕެއް ބާއްވައިފި
ހދ. ނޭކުރެންދޫގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުވައްޒަފުންނަށް އޮންލައިން ކުށްތަކުން ރައްކާތެރިވުމާ ގުޅޭ ވޯކްޝޮޕެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
27 Sep 2026
އައްޑޫ އާއި ފުވައްމުލަކުގެ ނަރުދަމާގެ ޚިދުމަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކުރަން އެއްބަސްވުމަކަށް
އައްޑޫ ސިޓީ ހުޅުދޫ އާއި އައްޑޫ މީދޫގެ އިތުރުން ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިޔުއެސްސީއަށް ބަދަލުލުރުމުގެ މަަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
27 Sep 2026
އައު ސައިން ލެންގުއޭޖް އިޝާރާތްތައް އުފެއްދުމުގެ ވޯކްޝޮޕެއް ފަށައިފި
ސައިން ލެންގުއޭޖް ލަފުޒު މުއްސަނދިކުރުމަށް އަށް ދާއިރާއަކުން އައު އިޝާރާތްތައް އުފެއްދުމުގެ މަސައްކަތު ބައްދަލުވުމެއް ޞިއްޙަތާ ބެހޭ ވުޒާރާއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން މިއަދު ފަށައިފިއެވެ.
27 Sep 2026
އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފި
ނެޝަނަލް ފިޓްނަސް ޕްލޭނުގެ ދަށުން އެޗްޑީސީން ހަތް ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކޮށް ނިންމައިފިއެވެ. ބާކީ ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
27 Sep 2026
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ އާ ބްރޭންޑެއް ތަޢާރަފުކުރަނީ
ހޮޓެލް އޭޝިއާ 2026 ގައި އެސްޓީއޯއިން ބައިވެރިވެ، އާ ބްރޭންޑެއް ތަޢާރަފުކުރުމާއި ހިލޭ ރަހަ ބެލުމާއި ކޮންމެ ދުވަހަކު ނަސީބުވެރިން ހޮވުން ކުރިއަށް ގެންދާނެއެވެ.
27 Sep 2026
ހޮޓެލް އޭޝިއާ މޯލްޑިވްސް: ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ކުރިއަރާފައިވާ ޕްލެޓްފޯމަށް
2000 ވަނަ އަހަރު އާދައިގެ ކުޑަ ފެށުމަކުން ފެށި ނަމަވެސް ހޮޓެލް އޭޝިއާ މޯލްޑިވްސް ހަރަކާތް މިއަދު ވެފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމާއި، ރިސޯޓް ސަޕްލައި އަދި ކަލިނަރީ ދާއިރާގެ އެންމެ އިތުބާރު ހިފޭ އެއް ޕްލެޓްފޯމަށެވެ.
27 Sep 2026
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖުގެ 20 ވަނަ އެޑިޝަން ފަށައިފި
ރާއްޖޭގެ ކެއްކުމުގެ ދާއިރާ ކުރިއަރުވައި، ހުނަރުވެރިން ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ "ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު" ގެ 20 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
27 Sep 2026
މެހެމާންދާރީގެ ދާއިރާ ކުރިއެރުވުމަށް އެހީތެރިވާ މުހިންމު ސްޕޮންސަރުން ފާހަގަކޮށްފި
މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) ގެ ނޫސް ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ހޮޓެލް އޭޝިއާ މޯލްޑިވްސް 2026 އިން މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ވެސް، މެހެމާންދާރީގެ ދާއިރާއާއި ކައްކާ ފަންނުގެ ކުރިއެރުމަށް އެހީތެރިވަމުންދާ ލީޑިންގ ސްޕޮންސަރުންނާއި އިންޑަސްޓްރީގެ ބައިވެރިންގެ އަގުވަޒަންކޮށްފިއެވެ.