03 May 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. މަޑުއްވަރިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / އޯކިޑުވިލާ ، ޖާދުﷲ އަޙްމަދު ޤާސިމް (51އ) އެވެ.
03 May 2026
ދާރުލްއާސާރު ކޮންމެ ހޮނިހިރު ދުވަހަކު ވެސް އާންމުންނަށް ހުޅުވަނީ
އެގޮތުން، މިހާރު ދާރުލްއާސާރު ހުޅުވައިފައި ހުންނަނީ ހަމައެކަނި ރަސްމީ ދުވަސްތަކުގައެވެ. ނަމަވެސް، އެތަނުގެ ތަކެތި ބަލާލައި ދިރާސާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިހާރު ކޮންމެ ހޮނިހިރު ދުވަހަކުވެސް އެތަން ހުޅުވަން ނިންމަވައިފާވާ ކަމަށް މިނިސްޓަރ ހީނާ ވަނީ ވިދާޅުވެފައެވެ.
03 May 2026
ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ ހަށިގަނޑު މާލެ ގެނެސްފި
މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މީހާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސް ޢާއިލާއާ ހަވާލުކޮށްފިއެވެ.
03 May 2026
ތަރިކައިގެ ބަލަދުވެރިންގެ ގޮތުގައި ކޮންމެ ރަށަކަށް 10 ތަރިކަވެރިން
ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ޚާއްސަ އެ ރަށެއްގެ ތާރީޚާއި ސަގާފަތުގެ ތެރޭގައި ހިމެނޭ ކަންކަން ދިރުވައި އާލާކޮށް ބެލެހެއްޓުމަށް ކޮންމެ ރަށަކުންވެސް 10 ތަރިކަވެރިން ތަމްރީނު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ތާރީޚާ ސަގާފަތާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
03 May 2026
ބިރުދެއްކުންތަކާ ދެކޮޅަށް ނޫސްވެރިން ސާބިތުކަމާއެކު ތިބެންވާނެ
ނޫސްވެރިންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ދެކޮޅަށް ސާބިތުވެ ތިބުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
03 May 2026
ހދ. އިން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފި
މެޓު އޮފީހުން އެކްސްގައި ކުރި ޕޯސްޓަކުން ހދ. އިން ފެށިގެން ބ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 9:15 އިން މެންދުރު 3 އާއި ހަމައަށެވެ.
03 May 2026
މަނާ ތަކެތި މާފުށީ ޖަލަށް އެތެރެ ކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ފުލުހުން މައުލޫމާތު ދޭގޮތުގައި، މި މަހުގެ 2 ވަނަ ދުވަހު މާފުށީ ޖަލު ގޭޓު ކައިރިން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / މާސް، މުޙައްމަދު ޝަހީރު (28އ) އެވެ.
03 May 2026
ނޫސްވެރިކަމުގެ މިނިވަންކަން 2008 ގެ ކުރީގެ ހާލަތަށް ގޮސްފި: ފައްޔާޟު
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ފައްޔާޞު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ބިލާއި، "ކޮންޓްރޯލް ކޮމިޝަން" ގެ މަސައްކަތްތަކަކީ ސަރުކާރާ ދެކޮޅު ހިޔާލުތައް ފިއްތާލުމަށާއި މިނިވަން ނޫސްވެރިން ބިރުގަންނަވައި ނުފޫޒު ފޯރުވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވާ ވަސީލަތްތަކެކެވެ. އަދި ކޮރަޕްޝަނާއި ސަރުކާރުގެ ނާގާބިލުކަމާ ދެކޮޅަށް ވާހަކަދައްކާ ނޫސްވެރިންނަށް މެދުނުކެނޑި އިންޒާރުތަކާއި ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.