ހަބަރު
30 Apr 2026
އަނަސް އިސްތިއުފާ ދެއްވައިފި، ޕީސީބީގެ ރައީސަކަށް ނިޒާރު
އަނަސްގެ ބަދަލުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, މއ. ޔެލޯބެލް މުހައްމަދު ނިޒާރު ޕީސީބީގެ ރައީސަކަށް އައްޔަނުކޮށްފައި ކަމަށް ވެސް ބުންޏެވެ.
30 Apr 2026
އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 30 އިންސައްތަ އިތުރުވެއްޖެ
މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 30 އިންސައްތައަށްވުރެ އިތުރުވެއްޖެ އެވެ.
30 Apr 2026
ވަޒީރު އަލީ އިހްސާނަށް ވޯޓު ދިނީ ތާއިދުކުރާތީއެއް ނޫން؛ އެއީ ހެދުނު ގޯހެއް: މުހައްމަދު އިބްރާހިމް
ކުޑޫ ވިދާޅުވި ގޮތުގައި، އިއްޔެ އޮތް ވަޒީރުންގެ މަޖިލީހަށް ރުހުން ދިނުމުގެ ވޯޓުގައި ހޯމް މިނިސްޓަރ އަލީ އިހުސާނަށް ވޯޓު ދިނުމުގައި އޭނާއަށް ހެދުނީ ވަރަށް ބޮޑު ގޯހެކެވެ. އަދި އޭނާ ވަނީ އެކަން ގަބޫލުކުރާ ކަމަށްވެސް ވިދާޅުވެފައެވެ. މީގެ އިތުރުން ކުޑޫ ވިދާޅުވީ، އެ ވަގުތު އެކަމާ މެދު އެންމެ ފުންކޮށް ނުވިސްނާ އަމަލުކުރެވުނީތީ، އެކަމަށްޓަކައި އޭނާ އިޚުލާޞްތެރިކަމާއެކު މާފަށް އެދޭކަމަށެވެ. އެގޮތުން، އެއީ ބަލައިގަންނަން އުނދަގޫ ކަމެއްކަން އޭނާ އަށް އެނގިވަޑައިގަންނަވާކަން ވެސް އޭނާ ވިދާޅުވިއެވެ. ކުރިޔަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރު ނުވާނޭގޮތަށް އަމަލުތައް ބަހައްޓާނޭ ކަމުގެ ޔަޤީންކަން ކުޑޫ ވަނީ އަރުވާފައެވެ.
30 Apr 2026
ފުލުހުންގެ އެއްވެސް ތަހުގީގަކަށް ބާރުފޯރުވާފައެއް ނޯންނާނެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ގުޅުވައި "އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލައިގެ ތަޙުޤީޤަށް ނުފޫޒް ފޯރުވާ ކަމުގެ ތުހުމަތު ކުރައްވައި، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުالله ދީދީ ކުރެއްވި ޕޯސްޓަކަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ރައްދު ދެއްވައިފިއެވެ.
30 Apr 2026
ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނަން: މީކާއިލް
އިއްޔެ އެމްޑީޕީ ޕީޖީ ގްރޫޕްގެ ގިނަ މެންބަރުން ވަޒީރު އިހްސާނަށް ރުހުން ދެއްވުމުން މީކާއިލް ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި މި ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް، މީކާއިލްގެ ޗެއަރޕަރސަންކަމުގައި، ވަޒީރުންނަށް ރުހުން ދިނުންފަދަ ބޮޑެތި ގައުމީ މައްސަލަތަކުގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ދައުރު ފުޅާ ކުރާނެކަމަށެވެ.
30 Apr 2026
ޔޫއޭއީން އާސަންދައިގެ ހިދުމަތް ދޭން ވަރަށް އަވަހަށް ފަށާނެ: ތަރުޖަމާނު
މުންދު ވިދާޅުވީ މާ ލަހެއްނުވެ ޔޫއޭއީން އާސަންދައިގެ ހިދުމަތް ފަށާނޭކަމަށް
30 Apr 2026
އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ ހާދިސާތައް ރިޕޯޓްކުރުމުގައި ޒިންމާދާރުވުމަށް އިލްތިމާސްކޮށްފި
މި އިރުޝާދުތަކަކީ ނޫސްތަކާއި، އެޑިޓަރުން އަދި ނޫސްވެރިން މިފަދަ ހައްސާސީ މައުލޫމާތުތައް ފެތުރުމުގައި ޒިންމާދާރުކަން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން އެކުލަވާލާފައިވާ އުސޫލުތަކެއްކަން އެ އިދާރާތަކުން ފާހަގަކުރެއެވެ.
30 Apr 2026
އަރިދަފުސް ރޯގާ އިތުރުވަމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އެދިއްޖެ
އެޗްޕީއޭއިން މިހެން އިލްތިމާސްކޮށްފައިވަނީ، މިދުވަސްވަރު އަރިދަފުސް ރޯގާގެ ކޭސްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިތުރުވެފައިވާތީ، މިއަދު އެ އިދާރާއިން އެކްސްގައި ކުރި ޕޯސްޓަކުންނެވެ.