އިހްސާން އާއި ކުރީގެ އުއްތަމަ ފަނޑިޔާރު
ހަބަރު
30 Apr 2026 | 15:41
އިހްސާން، ކުރީގެ އުއްތަމަ ފަނޑިޔާރަށް: ފުލުހުންގެ އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވާފައި ނޯންނާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ގުޅުވައި "އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލައިގެ ތަޙުޤީޤަށް ނުފޫޒް ފޯރުވާ ކަމުގެ ތުހުމަތު ކުރައްވައި، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުالله ދީދީ ކުރެއްވި ޕޯސްޓަކަށް ދާޚިލީ ސަލާމަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ރައްދު ދެއްވައިފިއެވެ.

މި މައްސަލައިގައި ޑރ. އަޙްމަދު ޢަބްދުالله ދީދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖިނާއީ ތަޙުޤީޤު ހިންގުމަށް ޤާނޫނުން މަތިކޮށްފައިވާ ފުލުހުންގެ އިދާރާއަކީ ދާޚިލީ ވަޒީރުގެ ބެލުމުގެ ދަށުން ހިނގާ މުއައްސަސާއަކަށް ވީނަމަވެސް، އެއްވެސް ތަޙުޤީޤަކަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ނުފޫޒު ފޯރުވުމުގެ ބާރު ވަޒީރަށް ލިބިގެން ނުވާ ކަމަށެވެ.

އަދި "އައިޝާ" ޑޮކިއުމަންޓްރީގެ ތަޙުޤީޤަކީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ ތަޙުޤީޤަކަށް ހެދުމަށްޓަކައި، ޚާއްޞަ އިންވެސްޓިގޭޓަރަކާ އެ މަސައްކަތް ޙަވާލުކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑރ. އަޙްމަދު ޢަބްދުالله ދީދީ މިހެން ވިދާޅުވީ، އެ ޑޮކިއުމަންޓްރީގެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި މައްސަލަ ބެލުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށް ވަޒީރު އިޙްސާން ކުރިން ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން ވަޒީރު އިޙްސާން ވިދާޅުވީ، ތަޙުޤީޤުތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިގެންނުވާތީ އެ ބާރު ބޭނުން ނުކުރައްވާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ތަޙުޤީޤަކަށް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

”އަޅުގަނޑު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރަނީ މަނިކުފާނު އުއްތަމަ ފަނޑިޔާރުކަން ކުރެއްވިގޮތަކަށް ނޫން.“ އިހްސާން ވިދާޅުވުއެވެ.

ކޮމެންޓް
އަލިކޮއްކޮ
މީހަކަށް ނޭގި ބޮލުގަ ޒިނޭއެއް ޢެޅުވީމާ، ޖެހޭނީ ތުހުމަތު ކުރާ ފަރާތުން 4 ހެކިން ހުށައަޅާށެވެ. ނުވިނަމަ، ވާހަކަ ދެއްކި ބަޔަކު 80 އެތިފަހަރުންހައްދު ޖަހާށެވެ. ދެފަރާތް ގެނެސްގެން ތަހުގީގު ކުރަންޖެހޭ މައްސަލައެއްނޫނެވެ.
30 Apr 2026
ގުޅޭ ލިޔުންތައް
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ