އެމްއޭސީއެލްއިން އެމްއޯޔޫގައި ސޮއި ކުރުން-
ހަބަރު
28 Jun 2026 | 16:20
ވެލާނާ އެއަރޕޯޓުގެ ކާރިސާތަކަށް ތައްޔާރުވުމަށް އެމްއޭސީއެލް އިން ތިން މުއައްސަސާއަކާ ފަހުމުނާމާގައި ސޮއިކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން ވަރުގަދަކުރުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތިން މުއައްސަސާއަކާ އެކު ފަހުމުނާމާތަކެއްގައި މިއަދު ސޮއިކޮށްފައިވެއެވެ.

އެމްއޭސީއެލް އިން ސޮއިކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) އަދި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރްސީ) އާ އެކުގައެވެ.

މި ފަހުމުނާމާތަކުގެ ދަށުން ކޮންމެ މުއައްސަސާއެއްގެ ދައުރު ސާފުކޮށް ކަނޑައެޅުމާއި ކުއްލި ހާލަތްތަކުގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ހިންގުން ހިމެނޭ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

"އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް" ގެ ނަމުގައި ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް މިމްރާހުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި ކަމާ ގުޅޭ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ މައި އެއަރޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތްކުރުމާއި މުޢާމަލާތުކުރުމުގެ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިފަދަ ހާލަތަކަށް ތައްޔާރުވެފައިވާ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.