13 Jul 2025
ނުރައްކާތެރި އެކްސިޑެންޓެއް؛ ތިން މީހަކަށް އަނިޔާ، ދެ މީހެއްގެ ހާލު ދެރަ
އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. އެ މީހުންނަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗް ގަ އެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
13 Jul 2025
އަބްދުއްރަހުމާންބެ މަރާލުން: ޕޯސްޓްމޯޓަމް ހަދަން ނިންމި ސަބަބު ސާފުކޮށްދީފި
ރޭ ދަންވަރު ހިނގި މި ހާދިސާގައި، ގޭގައި ނިދާފައި އޮއްވާ ޢަބްދުއްރަޙްމާން އާދަމް އަށް ބޮޑެތި ޒަހަމްތަކެއް ދިނުމުގެ ސަބަބުން، ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދަނިކޮށް ރޭ ފަތިހު ވަނީ މަރުވެފަ އެވެ.
13 Jul 2025
އަބްދުއްރަހުމާންބެ މަރާލުން: މިވަރުގެ ގަތުލެއް ހިންގަން ޖެހޭ ސަބަބެއް ނެތް
މާޅޮހު މާހިޔާގޭގައި, ރޭ އެ ގަތުލު ހިންގީ ދަންވަރުގެ އެންމެ ހަމަ ހިމޭން ވަގުތު އެވެ. އަބްދުއްރަހްމާން ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި އޮއްވާ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ.
13 Jul 2025
ސްކޭމްކޮށްގެން މީހުން އަތުން 30،000ރ ފޭރުނު މީހެއް ހައްޔަރުކޮށްފި
ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު އާންމު ރައްޔިތުންގެ އެހީތެރިކަމާއެކު ހޯދައި ހައްޔަރުކޮށްފިއެވެ.
13 Jul 2025
މަސްތުވާތަކެއްޗާއެކު ދުވާފަރުން ހަތަރު މީހަކު ހައްޔަރުކޮށްފި
ރ. ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އެރަށުން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
13 Jul 2025
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި
ރާއްޖޭގައި މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރުން ހުއްޓުވުމަށް، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
12 Jul 2025
ފީނަން ގޮސް އުޅުމުގެ ތެރޭގައި އަނެއްކާ ވެސް ފަތުރުވެރިއަކު މަރުވެއްޖެ
11 Jul 2025
މޫސުން އަލިނުވޭ؛ މޫދު ކުޅިވަރުތައް މަޑުޖައްސާލަން އެދިއްޖެ
ފުލުހުން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގަމުންދާ ކަމަށެވެ. އިއްޔެއާ ރޭ އަދި މިއަދު ވެސް ކަނޑުމަތީގެ ބައެއް ހާދިސާތައް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.