ރައްކާތެރިކަމެއް ނެތި ވެލި އުފުލަނީ: މިއީ މިހާރު އާންމު ކަމަކަށް ވަނީ ވެފައި -- ފޮޓޯ: ވޮއިސް
ރިޕޯޓް
19 Oct 2025 | 15:07
މިކަން ވެސް ހައްދުން ނެއްޓިފައި، ހަރުކަށި ފިޔަވަޅާއެކު ހުއްޓުވަން ޖެހޭ

ޤާނޫނުތަކާއި ޤަވާއިދުތައް ހެދިފައި ހުންނަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ. ފަހަރުގައި ތިމާއަށް އެއީ މާ ބޮޑު ކަމެކޭ ހީނުވާ ކަމަކީ އެެހެން މީހެއްގެ ފުރާނައަށް ބޮޑު ނުރައްކަލަކަށް ވެސް ވެދާނެ ކަމެކެވެ. ޤާނޫނުތަކާއި ޤަވާއިދުތަކަށް ތަބާވާން ޖެހެނީ ތިމާއަށް އެއީ މުހިންމު ކަމަކަށް ވެގެނެއް ނޫނެވެ. އެއީ އެންމެންގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ އެއްޗަކަށް ވާތީ އެވެ.

މިއީ މިހާރު ހުޅުމާލެއިން ވަރަށް އާންމުކޮށް ފެންނަ ކަމެކެވެ. ދޭތެރެ ދޭތެރެއިން މާލެ އިން ވެސް ފެނެ އެވެ. ވެލިއަރުވާ ބަރާކޮށްގެން އެއްވެސް ރައްކާތެރިކަމެއް ނެތި ބޮޑެތި ލޮރީތަކުގައި އުފުލުމެވެ.

މިގޮތަށް އުފުލުމަކީ މުޅީން މަނާ ކަމެކެވެ. އެކަމަކު ޤަވާއިދަށް ބެލުމެއް ނެތި މިކަން ކުރުން އާންމުވެ މިހާރު އެކަން ވަނީ ހައްދުން ނައްޓާފައި ކަމުގައި ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ހުޅުމާލޭގެ ދެ ފިޔަވަހީން ވެސް މި މަންޒަރު މިހާރު އާންމުކޮށް ފެނެ އެވެ.

ރައްކާތެރިކަމެއް ނެތި ވެލި އުފުލަނީ: މިއީ މިހާރު އާންމު ކަމަކަށް ވަނީ ވެފައި -- ފޮޓޯ: ވޮއިސް

އިއްޔެއާ މިއަދު ވެސް "ވޮއިސް" ގެ ކެމެރާއަށް މި މަންޒަރުތައް ނެގުނީ އެންމެ ޕީކު ގަޑީގަ އެވެ. މަގުުތައް އެންމެ ކާރުބާރު ބޮޑު ގަޑީގަ އެވެ. މިއަދުގެ އެ ވަގުތަކީ ސުކޫލުތަކުން ކުދީން ގެއަށް ފޮނުވި ވަގުތެވެ. ދެން ތިބި ދަރިވަރުން ސުކޫލަށް ހާޒިރުވަމުން ދިޔަ ވަގުތެވެ.

އެކަމަކު އެއިން ކަމަކަށް ބެލުމެއް ނެތި ވެލިތައް ބުރުއްސަމުން ބާރު ދުވެލީގައި މި ލޮރީތައް ދިޔައީ ދުއްވަމުންނެވެ.

މާލެއާ ހުޅުމާލެ ފޭސް އެކަަކާއި ހިލާފަށް ފޭސް ދެއަކީ ވައި ބާރު ސަރަހައްދެކެވެ. މިގޮތަށް އެއްވެސް ރަައްކާތެރިކަމެއް ނެތި ވެލި އުފުލުމުގެ ސަބަބުން އެކަމުގެ ތަކްލީފު އެތައް ބަޔަކަށް އުފުލަން ޖެހެ އެވެ. މޫނާއި މުޅި ގަޔަށް ވެލި ބުރާ އެކަމުން އުނދަގުލާއި ގެއްލުން އަދި ތުރާ ކުރުމަތިވެ އެވެ.

ހަގީގަތުގައި މިއީ ހީކުރާ ވަރަށް ވުރެ ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ ވެސް ކަމެކެވެ. އަހަރެމެން ދިވެހީންގެ ތެރެއިން ވަރަށް ގިނަ މީހުންނަކީ ލޮލުގެ މައްސަލަ ހުންނަ މީހުންނެވެ. ލޮލުގެ ފެނުމަށް އަސަރުކޮށް އައިނު އަޅާ މީހުންނާއި އައިނު އަޅަން ޖެހިފައިވާ މީހުން ވަރަށް ގިނަ އެވެ.

ރައްކާތެރިކަމެއް ނެތި ވެލި އުފުލަނީ: މިއީ މިހާރު އާންމު ކަމަކަށް ވަނީ ވެފައި -- ފޮޓޯ: ވޮއިސް

މިގޮތަށް ވެލި އުފުލާ ވެހިކަލެއްގެ ފަހަތުގައި ވަނިކޮށް ބުރައިގެން އަންނަ ވެލިތަކުން ލޮލުގެ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އެބަ އޮތެވެ.

އެހެން ކަމުން މިއީ ހަރުކަށި ފިޔަވަޅުތަކާއެކު ހުއްޓުވަން ޖެހިފައި އޮތް ކަމެކެވެ. ގިނަ ފަހަރަށް މިހެން ވެލި އުފުލަނީ ކޮންސްޓްރަކްޝަން ސައިޓްތަކުންނެވެ. މިއީ ކަމާބެހޭ އިދާރާތަކުން ފަރުވާތެރިކަމާއެކު ބަލަހައްޓަން ޖެހޭ ކަމެކެވެ. ފުލުހުންނާއި ހުޅުމާލޭގެ ބެލެނިވެރިކަން އޮތް އެޗްޑީސީއާ މާލެ ސިޓީ ކައުންސިލުން މިފަދަ ކަންކަން ހުއްޓުވުމަށް އިތުރަށް މަސައްކަތް ކުރަން ޖެހެ އެވެ. އެހެން ނޫނީ ދެން ފެންނާނީ ހިތާމަވެރި ކަމެއް މެދުވެރިވެފައި ވަނިކޮށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.