ދިވެހި ފުލުހުންގެ ޚިދުމަތް --
ހަބަރު
20 Oct 2025 | 15:58
މަކަރާ ހީލަތުން 400 މިލިއަން ހޯދަން އުޅުމުގެ ތުހުމަތު: ޖިނާއީ ތަހުގީގެއް ހިންގައިދޭން އެދިއްޖެ

ސެންޓާ އެންޓާޕްރައިސަސް ޕްރައިވެޓް ލިމިޓެޑް (ސެންޓާ އެންޓާޕްރައިސަސް) އިން 2021 ވަނަ އަހަރުގައާއި 2022 ވަނަ އަހަރުގައި ދިވެހި ދައުލަތާ ދެކޮޅަށް ހުށައަޅާފައިވާ މައްސަލަތަކުގައި މަކަރާއި ހީލަތުން ދައުލަތުގެ ކިބައިން ފައިސާ ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށް އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވާތީވެ އެކަމާއި ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ފުލުހުންގެ ހިދުމަތުގައި އެދިއްޖެ އެވެ.

ސަރުކާރުގެ އިދާރާއަކާ ކުރި މުއާމަލާތެއްގެ ތެރެއިން އޮޅުވާލައިގެން ދައުލަތުގެ ބައިތުލްމާލުން 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދަން އުޅުނު މައްސަލައެއް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ފެންމަތި ކޮށްފަ އެވެ. އޮޑިޓް އޮފީހުން މި މައްސަލަ ފެންމަތިކޮށްފައިވަނީ އެ އޮފީހުން ނެރެފައިވާ ސެންޓަރ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުން 2008 ވަނަ އަހަރު ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދިންކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓްސްއާއި ކޮންސިއުމަބަލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައިގެ ޙާއްސަ އޮޑިޓް ރިޕޯޓްގައެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ސެންޓާ އެންޓާޕްރައިސަސް އިން 2021 ވަނަ އަހަރުގައާއި 2022 ވަނަ އަހަރުގައި ދިވެހި ދައުލަތާ ދެކޮޅަށް ހަތަރު ދައުވާއެއް ސިވިލް ކޯޓަށް ހުށަހެޅި ކަމަށެވެ. އަދި އެ ހަތަރު ދައުވާގައި އެ ކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުގެ ސައްހަކަމާމެދު، އަދި ބައެއް މުއާމަލާތްތަކުގެ ސައްހަކަމާމެދު ސުވާލު އުފެދޭތީ، މި މައްސަލަތައް 4, ސެޕްޓެންބަރު 2022 ގައި އަދި އޭގެ ފަހުންވެސް ދިވެހި ފުލުހުންގެ ހިދުމަތަށް އެ އޮފީހުން ހުށަހަޅާފައިވާނެ ކަމަށެވެ.

އަދި ހަމަ އެ ތާރީހުގައި މި މައްސަލަތައް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ ޝާއިއުކޮށްފައިވާ "ސެންޓާ އެންޓާޕްރައިސަސް ޕްރައިވެޓް ލިމިޓެޑްއިން 2008 ވަނަ އަހަރުގެ ތެރޭގައި މިނިސްޓްރީ އޮފް ހެލްތަށް ފޯރުކޮށްދީފައިވާކަމަށް ބުނާ މެޑިކަލް އިކިއުޕްމަންޓް އާއި ކޮންސިއުމަބްލްސްގެ އަގު ހޯދުމަށް ހުށަހަޅާފައިވާ މައްސަލައާގުޅޭ ހާއްސަ އޮޑިޓްގެ ރިޕޯޓް" ގައި ސެންޓާ އެންޓާޕްރައިސަސް އިން ފޯޖްކޮށްގެން އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ޝަރުއީ ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އަށް ބުރަވެވޭ ކަމާއި، އެ ފަދައިން އެ ކުންފުނިން އަމަލުކޮށްފައިވަނީ މަކަރާއި ހީލަތުން ދައުލަތުގެ ކިބައިން ފައިސާ ހޯދުމަށް ކަމަށް އޮޑިޓާ ޖެނެރަލް ފާހަގަކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރެލް އިރުޝާދު ދެއްވާފައިވާތީ، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންކަމަށް ރިއާޔަތްކޮށް ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި އެ އޮފީހުން މިއަދު ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.