ފުލުހުންގެ މައި އޮފީސް -- ވޮއިސް ފޮޓޯ
ހަބަރު
19 Oct 2025 | 15:08
މިދިޔަ މަހު ގެއްލުނު 109 ސައިކަލް ފުލުހުން ހޯދައިދިފި

މިދިޔަ މަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކުގެތެރެއިން ގެއްލިގެން ރިޕޯޓުކުރި 109 ސައިކަލު އަނބުރާ ހޯދާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފިއެވެ. މި ސައިކަލުތަކުގެ ޖުމްލަ އަގު 6.8 މިލިއަން ރުފިޔާއަށް އަރާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ސެޕްޓެންބަރު މަހު ގެއްލިގެން ރިޕޯޓުކުރި ތަކެތީގެ ތެރެއިން ޖުމްލަ 189 އެއްޗެއް ފުލުހުން ވަނީ ހޯދާފައެވެ. މީގެ ތެރޭގައި 13 މޯބައިލް ފޯނާއި، ފައިސާގެ 20 މައްސަލައާއި، 8 އިލެކްޓްރޯނިކް ތަކެއްޗާއި، 39 އެހެނިހެން ތަކެތި ހިމެނެއެވެ.

ހޯދުނު ތަކެތީގެ ތެރެއިން އެންމެ މަތީ އަގެއްގެ ގޮތުގައި ހިމެނެނީ ސައިކަލުތަކެވެ. އެގޮތުން ހޯދުނު 109 ސައިކަލުގެ އަގު 6،878،766 ރުފިޔާއަށް އަރާއިރު، 13 މޯބައިލް ފޯނުގެ އަގު 154،562 ރުފިޔާއަށް އަރައެވެ. މީގެ އިތުރުން ހޯދުނު ފައިސާގެ އަދަދު 588،822.76 ރުފިޔާއަށް އަރާއިރު، އިލެކްޓްރޯނިކްސް ތަކެތީގެ އަގު 32،300 ރުފިޔާއަށް އަރައެވެ.

މިދިޔަ މަހު މާލޭގެ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ވަނީ ފުޅާ ދާއިރާއެއްގައި މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މާލެ ސަރަހައްދުގެ 27،464 ސަރަހައްދެއް ބަލައި ފާސްކޮށްފައިވާއިރު، 1،029 ގަޑިއިރާއި 55 މިނެޓު ވަންދެން މާލެ ތެރޭގައި ޕެޓްރޯލްކޮށްފައިވެއެވެ.

ފުލުހުންގެ މަސައްކަތްތަކުގެ ތެރެއިން 5،264 މީހަކު ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. މީގެ ތެރޭގައި ކުށުގެ ރެކޯޑު އޮތް 4،776 މީހުންނާއި ރެކޯޑު ނެތް 488 މީހުން ހިމެނެއެވެ. އަދި ބިދޭސީންނާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި އެއް ބިދޭސީއަކު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.