13 Mar 2025
ޕީސީބީގެ ރައީސަކަށް ފިނޭންސްގެ ޑެޕިއުޓީ މިނިސްޓަރު އަނަސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ޕީސީބީގެ ރައީސްގެ މަގާމަށް ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސް ހަމަޖައްސަވާފައިވާ ކަމަށެވެ.
13 Mar 2025
ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ފިނޭންސްގެ ދަށަށް ބަދަލުކޮށްފި
މޯލްޑިވްސް އިންޓާނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އަކީ މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހަމަޖައްސަވައިފި އެވެ.
13 Mar 2025
ރަށްތަކާއި އަތޮޅުތަކުގެ ނަންތަކާއި އިދާރީ ކޯޑުތައް ދެ ބަހުން ލިޔަންވީ ގޮތް ކަނޑައަޅައިފި
އެކަން ކަނޑައަޅުއްވާ އެކަމާއި ގުޅޭ ދެންނެވުމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ އާންމު ކުރައްވާފަ އެވެ.
11 Mar 2025
އެގްރޯނެޓްގެ މަސައްކަތްތައް އަލުން ފަށަނީ، ވިލަރެސް ކުރުން އެގްރިކަލްޗާ މިނިސްޓްރީއަށް
ވަޒީރުންގެ މަޖިލީހުގެ މިނިންމެވުމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އެގްރޯ ނެޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ މަސައްކަތްތައް ވިލަރެސްކޮށް، ޓާގެޓްތައް ކަނޑައަޅާގޮތަށް ވެސް ވަނީ ހަމަޖައްސަވާފައެވެ.
11 Mar 2025
ރައީސް އޮފީހުގެ ދެންނެވުމެއް: މާޗް 20އިން ފެށިގެން ފަހު ދިހައެއް ބަންދު ވާނެ
މިގޮތަށް ހަމަޖެއްސެވީ، އިސްލާމީ އުސޫލުތައް ގާއިމުކުރެއްވުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
04 Mar 2025
ޖަމިއްޔާތަކަށް އޮފީސް ކޮމްޕްލެކްސްއެއް އަޅަނީ
ރައީސުލްޖުމްހޫރިއްޔާ ވަނީ އަމިއްލަ ޖަމިއްޔާތައް ހިންގުމަށް ސަރުކާރުން އެހީތެރިކަން ދެއްވުމަށް އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ހިއްސާކުރައްވާފަ އެވެ.
01 Mar 2025
މާލެ ފެނުއަޑީގައި؛ ރައްޔިތުން ހާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދޭނެ: ސަރުކާރު
އަދި ވިދާޅުވީ ވިއްސާރައިގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށާއި ރައްޔިތުންގެ ޙާލު ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަަަސައްކަތް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތައް ގުޅިގެން ޚާއްޞަ ސަމާލުކަމަކާއެކު ދަނީ ކުރިއަށް ގެންދަވަމުން ކަމަށެވެ.
01 Mar 2025
އަޅެ ބުނެބަލަ! ކޮން ފާލަމެއް އެންމެ ރީތި؟
ދިވެހީންގެ ވެރިރަށުގެ މަލަމަތި ރީތިކޮށްދޭ އެންމެ މުހިންމު އެއް ބިނާ އަކީ ރަސްމީ ފާލަމެވެ. ރަސްމީ ފާލަން ބެލެހެއްޓުމާއި, ރީތި ތަނެއްގެ ގޮތުގައި އެ ތަން ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރެވެ އެވެ.