Advertisement

އަނާގެ ދައުރު ހަމަވަނީ، ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވާލައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އަމީނާ -- ފޮޓޯ: ބްރޯޑްކޮމް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވާލައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ބްރޯޑްކާސްޓިން ކޮމިޝަން ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، މިއަދު ހުޅުވާލާފައިވާ ކަމަށެވެ.

ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށެވެ. މެންބަރު ކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މި މުއްދަތުގައި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް ވެސް ބުންޏެވެ.

Advertisement

މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

ކޮމިޝަންގެ މެންބަރުންގެ ތެރެއިން ދައުރު ހަމަވަނީ އައިމިނަތު އަމީނާ (އަނާ) ގެ އެވެ. އަނާގެ މެންބަރު ކަމުގެ ދައުރު ޖޫން 15 ވަނަ ދުވަހަށް ހަމަވާނެ އެވެ.

އަނާ އަކީ މީޑިއާއާ ގުޅޭ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ އަދި ބްރޯޑްކާސްޓިން ދާއިރާގެ ހިދުމަތްތެރި އެވެ. ކުޅަދާނަ ޚަބަރު ކިޔުންތެރި އެކެވެ. އަދި އާންމުންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ނޫސްވެރި އެކެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement