28 Apr 2024
ރައީސް އޮފީހަށް ފޯނު ހިފައިގެން ނޫސްވެރީންނަށް ނުވަދެވުނު ވާހަކަ ދޮގުކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވާން އައި ނޫސްވެރީންނަށް ފޯނު ހިފައިގެން ރައީސް އޮފީހަށް ނުވަދެވުނުކަމަށް ބުނެ ބައެއް މީޑިއާތަކާ ނޫސްވެރިންގެ ޖަމިއްޔާތަކުން ރިޕޯޓްކުރަމުން ދަނީ ދޮގު ޚަބަރެއް ކަމަށް އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
23 Apr 2024
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ހީނާ ވަލީދު ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަންކަމުގެ މަޤާމަށް، ހީނާ ވަލީދު ޢައްޔަންކުރައްވައިފިއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޗީފު ސްޕޯކްސްޕާސަންކަމުގެ މަޤާމަށް ސ.ހިތަދޫ، ސަންސެޓްވިލާ، ހީނާ ވަލީދު އައްޔަނު ކުރައްވާފައިވާ ކަމަށެވެ. މިއީ، މި މަޤާމާ އަންހެން ބޭފުޅަކު ޙަވާލުވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
18 Apr 2024
ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހު 23ގައި ހުޅުވާލަނީ
އިތުރު ދެ ދާއިރާ އަކުން ގައުމީ އިނާމް ދިނުމަށް ނިންމައި، މި އަހަރު ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު، މި މަހުގެ 23ވާ އަންގާރަ ދުވަހު ހުޅުއްވައިލައްވާ ގޮތަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ހަމަޖައްސަވައިފިއެވެ.
06 Apr 2024
ޢީދު ދުވަހު ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން އޮންނާނެ!
މި އަހަރުގެ ފިތުރު އީދު ދުވަހުގެ ހެނދުނު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަބަލުން ސާޖިދާ މުޙައްމަދު، ޢީދު ސަލާން ކުރެއްވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
27 Mar 2024
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވާނެ
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
24 Mar 2024
43 އަހަރަށް ހިދުމަތްކުރި ބޭފުޅުންގެ ނަންތައް އިނާމު ކޮމިޓީ އަށް ފޮނުވަނީ
43 އަށްއަހަރަށް ވުރެ ގިނަ އަހަރު ދައުލަތަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ތެރެއިން ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދީފައިނުވާ ބޭފުޅުންގެ ނަންތައް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
19 Mar 2024
އޭޕްރީލް 21 އަދި 22 ގައި ސަރުކާރު ބަންދު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން، 2024 އެޕްރީލް 21 ވާ އާދީއްތަ ދުވަހާއި، އެޕްރީލް 22 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
26 Feb 2024
ރޯދަމަހު ގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް
މިއަހަރުގެ ރޯދަމަހު ވެސް ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.