ރައީސް އޮފީސް..
ހަބަރު
04 Dec 2024 | 18:55
ސިޔާސީ 228 މުއައްޒަފަކު ވަކިކޮށްފައިވާކަން ރައީސް އޮފީހުން ޔަގީންކޮށްދީފި

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ދަށުން މިހާތަނަށް ސިޔާސީ 228 މުއައްޒަފަކު ވަކިކޮށްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޔަގީންކޮށްދީފިއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަހުމަދު އަފްރާހު އިސްމާއީލް ނަމަކަށް ކިޔާ އަމިއްލަ ފަރާތަކުން ވަނީ ވަކިކުރި ސިޔާސީ މުއައްޒަފުންގެ އަދަދާއި އެމީހުންގެ ނަންތަށް ހޯދުމަށް ހުށަހަޅާފައެވެ. އެކަމާ ގުޅޭގޮތުން ރައީސް އޮފީހުން އެފަރާތަށް ފޮނުވި ޖަވާބު ލިޔުމުގައި ބުނެފައިވަނީ، މި ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން މިއަހަރުގެ އޮކްޓޯބަރުމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ސިޔާސީ 228 މުއައްޒަފަކު މަގާމުން ވަކިކޮށްފައިވާކަމަށެވެ. 

ރައީސް އޮފީހުން ބުނީ އެފަރާތުން އެދިފައިވާ މައުލޫމާތުގެ ތެރެއިން ސިޔާސީ މުއައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތަށްވެފައި، އެފަރާތުން މަސައްކަތްކުރި ވުޒާރާތަކުގެ ނަންތަކުގެ މައުލޫމާތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ދަށުން ދޫކުރެވޭނެ މައުލޫމާތެއް ނޫންކަމަށެވެ.

އަދި ހޯދަން އެދުނު މައުލޫމާތުތަކުގެ ތެރެއިން ވަކިކުރެވުނު މުއައްޒަފުންގެ މަގާމުތަކުގެ ނަންތަކާއި ވަކިކުރެވުނު އަދަދުގެ ތަފްސީލާއި މުއައްޒަފުން ވަކިކުރުމުގެ ސަބަބުން ދައުލަތުގެ ބައިތުލްމާލުން ސަލާމަތްކުރެވޭނެ އދަދަު ރައީސުލްޖުމްހޫރިއްޔާގެ އެކްސް ޕޯސްޓްތަކުން ފެންނާނޭ ކަމަށެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ސިޔާސީ 200 އަށްވުރެ ގިނަ ސިޔާސީ މީހުން ވަޒީފާއިން ވަކިކުރުމަށް ނިންމަވައި އެކަން ރައީސް ޑރ.މުއިއްޒު ނިންމެވީ އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހުއެވެ. އޭގެ ތެރޭގައި ހިމެނެނީ 7 ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނާއި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

ކޮމެންޓް
ހަމީދު
ނަމަވެސް މިހާތަނަށް ހޯދި ހޯދުން ތަކުންނާއި އެއްކުރެވުނު މައުލޫމާތުގެ އަލިން އަދި މިހާތަނަށް އެއްވެސް މީހަކު ވަޒީފާއިން ވަކި ކޮށްފައެއް ނުވެއެވެ.
05 Dec 2024
ފިސަ
ނުކުރާކަމެއް ހާމަކުރާނީ ކިހިނެއްތޯ.
05 Dec 2024
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.