ރައީސް އޮފީސް
30 Jan 2024
ރައީސްގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް މުހުތާޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު އައްޔަންކޮށްފި އެވެ.
28 Jan 2024
ސިއްހީ ހާލަތްތަކަށާއި ގެއްލޭ މީހުން ހޯދުމަށް، ހެލިކަޕްޓަރުގެ ޚިދުމަތް ފަށަނީ
ގެއްލޭ މީހުން ހޯދުމާއި އިމަޖެންސީ ފަރުވާ ބޭނުންވާ މީހުން ވީހާ ވެސް އަވަހަށް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ހާއްސަކޮށްގެން ރާއްޖޭގައި ހެލިކޮޕްޓަރު ހިދުމަތް ފަށަން މިއަދު ނިންމައިފިއެވެ.
25 Jan 2024
ރައީސްގެ ޗައިނާ ދަތުރުފުޅަށް 2.4 މިލިއަން ރުފިޔާ ޚަރަދުވި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަބަލުން މި މަހުގެ އަށްވަނަ ދުވަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް 2.4 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފިއެވެ.
20 Jan 2024
ހާލުދެރަ ބަލިމީހުން ގެނައުމުގެ ކަންތައް އިސްލާޙްކުރަން އަންގަވައިފި
ދިވެހި ސަރުކާރުގެ ފަރާތުން ކުއްލި ފަރުވާއަށް ބަލިމީހުން ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
19 Jan 2024
އީސީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު
އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައްވައިފިއެވެ.
14 Jan 2024
އެމްޓީސީސީއަށް ބާރުބޮޑުވުމުން، އެހެން ކުންފުންޏެއް ހަދަނީ
ރާއްޖެއަށް ގެންނަށް ބޭނުންވާ ތަރައްޤީ ގެނައުމުގައި އެންމެ ބުރަކޮށް މަސައްކަތްކުރާ ސަރުކާރުގެ އެއް ކުންފިނި ކަމަށްވާ އެމްޓީސީސީއަށް ބާރު ބޮޑުވާތީ، އިތުރު ކުންފުންޏެއް އުފައްދަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.
11 Jan 2024
ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ އާ ބާބެއް ފެށިގެން ހިނގައްޖެ
ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ސަބަބުން ޗައިނާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެން ދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ވިދާޅުވެއްޖެއެވެ.
10 Jan 2024
އައިލެންޑް އޭވިއޭޝަންގެ ޗެއާމަނަކަށް މުޙައްމަދު މިހާދު ހަމަޖައްސަވައިފި
ރައީސް ޑރ. މުހައްދު މުއިއްޒުގެ ސަރުކާރުން އައިލެންޑް އޭވިއޭޝަންގެ ބޯޑުގެ ޗެއާމަނަކަށް ކުރީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި މުހައްމަދު މިހާދު ހަމަޖައްސައިފި އެވެ