ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުން އިފްތިތާހުކުރުމުގެ ތެރެއިން.. ފޮޓޯ/ރައީސް އޮފީސް
ހަބަރު
16 Nov 2024 | 13:09
ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ހިދުމަތް، މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް އިފްތިތާހްކޮށްފި

ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު ހެއްދުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް އިފްތިތާހްކޮށްފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު ހެއްދުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މި މަސައްކަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދާހިލީ ވަޒީރު އަލީ އިހްސާން ވިދާޅުވީ، މިއަދު ފެށިގެން މިދިޔައީ ރައީސް ޑރ.މުއިއްޒުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ. އައިޑީކާޑު ހިދުމަތާއި ޕާސްޕޯޓް ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.

އައިޑީކާޑާއި، ޕާސްޕޯޓްގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގައި މިދިޔަ ސަރުކާރުތަކަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށާއި، މި ސަރުކާރުން މިކަން ކުރަނީ މިކަން ވަރަށް ރަނގަޅަށް ބެލިގެންދާ އުސޫލަކުން މައުލޫމާތު ރައްކާތެރިކަން ކަށަވަރުކުރުމަށްފަހުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކުރުމުގެ ތެރެއިން.. ފޮޓޯ/ރައީސް އޮފީސް

މިއ3ަދު އިފްތިތާހުކުރި މި މަޝްރޫޢުގެ ދަށުން 6 ސަރައްދެއްގައި އައިޑީކާޑާއި ޕާސްޕޯޓް ހައްދައިދޭން ފަށާނެއެވެ. މިގޮތުން މިއަހަރު ޕާސްޕޯޓް ހައްދައިދިނުމުގެ ހިދުމަތް ހުޅޫމާލެ ފޭސް އެކެއް އަދި ދޭއްގެ އިތުރުން ކުޑަހުވަދުއާ ހައްދުންމަތީ ފުނަދޫގައި ފަށާނެއެވެ. އަދި އައިޑީކާޑު ހައްދައިދިނުމުގެ ހިދުމަތް ހުޅުމާލޭގެ އިތުރުން ވިލިމާލެ އަދި ކުޅުދުއްފުށީގައި ފަށާނެއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ އަންނަ އަހަރު ނިމުމުގެ ކުރިން، ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީކާޑު ހެއްދުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ