ގެޒެޓުކުރަން ފޮނުވާ ޤާނޫނީ ލިޔުންތައް ފޮނުވާ ގޮތަށް ބަދަލު ގެނެސްފި-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Nov 2024 | 12:41
ގެޒެޓުގައި ޝާއިއުކުރަން ފޮނުވާ ޤާނޫނީ ލިޔުންތައް ފޮނުވުމަށް ހަމަޖެހިފައިވާ ގޮތަށް ބަދަލުގެންނަވައިފި

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުއްވާ ޤާނޫނީ ލިޔުންތައް ފޮނުއްވުމަށް ހަމަޖެހިފައިވާ ގޮތަށް ބަދަލު ގެންނަވައިފިއެވެ. 

މިކަން ހާމަކޮށް ރައީސް އޮފީހުން ބުނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެދިވަޑައިގެން، ދައުލަތުގެ އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތަކުން ފޮނުއްވާ ޤާނޫނީ ލިޔުންތައް އޮފީހަށް ފޮނުއްވުމުގައި ޢަމަލުކުރައްވަމުން ގެންދަވާ ގޮތަށް، 2024 ނޮވެންބަރު 24 ވާ އާދީއްތަ ދުވަހުން ފެށިގެން ބަދަލު ގެންނެވުމަށް ނިންމަވާފައިވާކަމަށެވެ.

މިގޮތުން، ދައުލަތުގެ އެންމެހައި ވުޒާރާތަކާއި މުއައްސަސާތަކާއި އިދާރާތަކުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެދިވަޑައިގެން، ޤާނޫނީ ލިޔުންތައް ފޮނުއްވާނީ، [email protected]v މި އީމޭލަށް ކަމުގައި ދަންނަވަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައި ވެއެވެ.

ހަމައެއާއެކު، ގެޒެޓުގައި ޝާއިޢުކުރުމަށް ފޮނުއްވާ ލިޔުމެއްގައި އިޞްލާޙުކުރަންޖެހޭ ކަންކަން ހުރި ނަމަ، އެ ކަންކަން އިޞްލާޙުކުރެއްވުމަށްފަހު، ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެންމެ ފަހުގެ ދެލިކޮޕީ ފޮނުއްވާނީ، ރައީސް އޮފީހުގެ ރަސްމީ ލިޔުންތަކުގައި ސޮއިކުރެއްވުމާއި ސިޓީ އެޑްރެސްކުރެއްވުން ދެންނެވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ލިޔުންތަކުގައި ސޮއިކުރެއްވުމާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ގޮތަށް، އެ ވުޒާރާގެ ވަޒީރު ނުވަތަ އެ ވަގުތަކު އެ ވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކު ސޮއިކުރައްވައިފައިވާ ލިޔުމަކާއެކުގައިކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މިއާއިއެކު، ދައުލަތުގެ އެކިއެކި ވުޒާރާތަކާއި އެ ވުޒާރާތަކުގެ ދަށުން ހިންގަމުންދާ މުއައްސަސާތައް ފިޔަވައި ދައުލަތުގެ އެހެން އިދާރާތަކާއި މުއައްސަސާތަކުން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެންމެ ފަހުގެ ދެލިކޮޕީ ވެސް ރައީސް އޮފީހަށް  އެ ތަނެއްގެ އެންމެ އިސްވެރިޔާ ނުވަތަ އެ ތަނެއް އެ ވަގުތަކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅަކު ސޮއިކުރައްވައިފައިވާ ލިޔުމަކާއެކު ފޮނުވާގޮތަށް ވެސް ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން، ގެޒެޓުގައި ޝާއިޢުކުރުމަށް، ޤާނޫނީ ލިޔުންތައް ފޮނުއްވާއިރު، ބަންޑާރަ ނައިބުގެ ޤާނޫނީ ލަފާފުޅު ހޯއްދަވަންޖެހޭ ދައުލަތުގެ އިދާރާތަކުން އެ ލަފާފުޅު ހޯއްދަވައި، އެ ލަފާފުޅާ އެއްގޮތަށް ޤާނޫނީ ލިޔުންތައް ތައްޔާރުކުރައްވައި، ބަންޑާރަ ނައިބުގެ ޤާނޫނީ ލަފާފުޅާއެކު ފޮނުއްވުމަށް ވެސް ރައީސް އޮފީހުން ވަނީ ނިންމާފައެވެ.

އެ ލިޔުމަކާ ގުޅޭގޮތުން ރައީސް އޮފީހުގެ ފަރާތުން އެ ވުޒާރާއަކާ ނުވަތަ އެ މުއައްސަސާއަކާ ނުވަތަ އެ އިދާރާއަކާ މުޢާމަލާތުކުރާނެ ބޭފުޅެއްގެ ނަމާއި މަގާމާއި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ފޮނުއްވަމުން ގެންދެވުމަށާއި، ޤާނޫނީ ލިޔުންތައް ފޮނުއްވާއިރު ބަހުގެ ހަމަތަކަށާއި ޤާނޫނީ ހަމަތަކަށް ރަނގަޅަށް ބައްލަވައި ކުށް ފިލުއްވުމަށްފަހު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ޤާނޫނީ ލިޔުންތައް ތައްޔާރުކުރާ ފޯމެޓުގައި ފޮނުއްވުމަށް ވެސް ރައީސް ޑރ.މުޢިއްޒު ދަންނަވާފައިވާކަމަށް ވެސް ރައީސް އޮފީހުގެ ދެންނެވުމުގައި ވެއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްދިނުމަށް އެދިވަޑައިގެން، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އިދާރާތަކުން ފޮނުއްވާ ޤާނޫނީ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވުމުގައި ޢަމަލުކުރައްވަމުން ގެންދަވާ ގޮތަށް ބަދަލު ގެންނެވި ކަމުގައި ވިޔަސް، ރައީސް އޮފީހުގެ ސަރުކާރުގެ އޮފީސްތަކުންނާއި ދައުލަތުގެ އެކިއެކި މުއައްސަސާތަކުން ގަވާއިދު ހެދުމާއި ގުޅޭ ދެންނެވުމާއި، ސަރުކާރުގެ އޮފީސްތަކުން ގެޒެޓްކުރުމަށް ގަވާއިދު ފޮނުއްވާއިރު، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފަޔާއެކު ފޮނުވުމާއި ގުޅޭ ދެންނެވުމަށް ބަދަލެއް ގެންނަވައިފައެއްނުވެއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.