އާދަމް ރަމީޒު-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ހަބަރު
15 Aug 2024 | 14:55
ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން ރަމީޒު ވަކިކޮށްފި

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުން އާދަމް ރަމީޒު މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުން މިކަން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ވަނީ ރަމީޒު މަގާމުން ވަކިކުރައްވާފައިވާ ކަން ކަށަވަރުކޮށްދީފައެވެ.

ރައީސް އޮފީހުގެ ވެބްްސައިޓްގައި ރައީސް އޮފީހުގެ މިނިސްޓަރުންގެ ލިސްޓުގައި ވެސް ރަމީޒުގެ ނަން ނެތްކަން ފާހަގަކޮށްލެވެއެވެ.

މި މަގާމުން ރަމީޒު ވަކިކުރައްވާފައި މިވަނީ އޭނާއަށް ކުރެވުނު ތުހުމަތަކާ ގުޅިގެން މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު އެވެ.

ރަމީޒް މަގާމުން ވަކިކުރުމުގެ ކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައި, އޭނާގެ ކުރީގެ އަނބިކަނބަލުން ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދިކަމުގެ މައްސަލައެއްގައި، ހައްޔަރުކުރިއެވެ.

އެހެންނަމަވެސް އޭނާގެ މައްވަށް ދައުވާ ކުރެވޭވަރަށް ހެކި ލިބިފައިނުވާތީ ޕީޖީން ވަނީ އޭނާގެ މައްޗަށް ދައުވާ ނުކުރަން ނިންމާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ދިރާގު ޖެހީ ލިބުނީގެ ޕެނަލްޓީ ޝޯޑައުން ކުޅެގެން އަގުހުރި އިނާމުތައް
މި ލަނޑުތަކާއެކު ހިލޭ ޑޭޓާގެ އިތުރުން ލިބޭ ޕޮއިންޓްގެ އެހީގައި މި ޕްރޮމޯޝަންގެ ނިމިގެންދާއިރު ލީޑަރބޯޑުގެ އެއް ވަނަ ހާސިލުކުރާ ފަރާތައް ޕީއެސް5 ސްލިމް 1ޓީބީ، އީއޭ އެފްސީ 26 ބަންޑްލްއެއް އަދި ސެމްސަން އޮޑިސީ ޖީ5 27 އިންޗީގެ 165ހަރޒް ކިއުއެޗްޑީ ކަރވްޑް މޮނިޓަރއެއް ލިބިގެންދާނެއެވެ. އަދި، ޖެހީ ލިބުނީގައިވާ 'ޕެނަލްޓީ ޝޯޑައުން' ގޭމްކުޅެގެން ލީޑަރބޯޑުގެ އެއްވަނަ ހޯދުމަށްޓަކައި ޕޮއިންޓް އިތުރުކުރެވޭނެއެވެ.
29 Jun 2026
އެޗްޑީސީން މައުލޫމާތު އާންމުކުރި ފުރަތަމަ އެސްއޯއީ
އެޗްޑީސީން ވަނީ އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައި ބުނާ 13 ބާވަތެއްގެ މައުލޫމާތު އަމިއްލަ އިސްނެގުމުގައި ވެބްސައިޓުގައި އާންމުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިކަން ކުރި ފުރަތަމަ ކުންފުންޏަކަށް ވެފައެވެ.
29 Jun 2026
އާރްޓީއެލް ފެރީ ހިދުމަތް ރަނގަޅުކުރާނަން
ހަނގުރާމައާއި ފައިސާގެ ދަތިތަކުން އާރްޓީއެލް ފެރީ ޚިދުމަތް ލަސްވި ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
29 Jun 2026
ޚާމަނާއިގެ ޖަނާޒާގައި ރާއްޖެއިން ބައިވެރިވާނެ: ސަރުކާރު
ޚާމަނާއިގެ ޖަނާޒާގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ދައުވަތު ލިބިފައިވާ ކަމަށާއި ރާއްޖެއިން އެ ޖަނާޒާގައި ބައިވެރިވާނެ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވަނީ ވޮއިސްއަށް ކަށަވަރުކޮށްދެއްވާފައެވެ.
29 Jun 2026
ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރު އާންމުކުރާނަން: ރައީސް
ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
29 Jun 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަނުކުރަން މަޖިލީހަށް
އީސީގެ މެންބަރު އަދި ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ، މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސަކަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
29 Jun 2026
އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް ހުޅުވާނަން
އަލިފުށީގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލާއި އެއާޕޯޓުގެ މަސައްކަތް ނިންމައި މި ދައުރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
29 Jun 2026
މިފްކޯ އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވަނީ
މިފްކޯ އިން ސިޓީތަކާއި އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއޯއޯ ހާމިދު ނަޒީމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ މެއި މަހު އައްޑޫ ސިޓީގައި ވަނީ އަތޮޅުތެރޭގެ ފުރަތަމަ އައުޓްލެޓް ހުޅުވައިފައެވެ.