ރ. އިނގުރައިދޫ
17 Jun 2024
ތަފާތުބޮޑު ނަތީޖާއަކުން ސްކޯޕިއަން ބަލިކޮށް އަލްގާ އިން މުބާރާތް ފެށީ އިތުބާރާއެކު
އެޗު ނޯވ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންތިޒާމުކޮށް ރ.އަތޮޅު އިނގުރައިދޫގައި މިހާރު ކުރިއަށްދާ "މައްޔާ ފުޓްސަލް ވާދަ 2024" ގައި އާދިއްތަ ދުވަހުގެ ރޭ ކުޅެވުނު ފުރަތަމަ މެޗުގައި 10-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ސްކޯޕިއަން ބަލިކޮށް އަލްގޭ އެފްސީ އިން މުބާރާތް ފެށީ އިތުބާރާއެކުގައެވެ.
07 May 2024
"މައްޔާ ފުޓްސަލް ވާދަ 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އެޗު ނޯވ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިންތިޒާމުކޮށް ރ.އަތޮޅު އިނގުރައިދޫ ދާއިރާއަށް ހުޅުވާލައިގެން "މައްޔާ ފުޓްސަލް ވާދަ 2024" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ނިންމައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
21 Apr 2024
އިނގުރައިދޫ ދާއިރާގެ ގޮނޑި ފަލާހު ކާމިޔާބު ކުރައްވައިފި
ރ.އަތޮޅު އިނގުރައިދޫ ދާއިރާގެ ގޮނޑި، އިބްރާހިމް ފަލާހް ކާމިޔާބުކުރައްވައިފިއެވެ. އިނގުރައިދޫ ދާއިރާގެ ގޮނޑި ވެރިކަން ކުރާ ޕީއެންސީގެ ކެނޑިޑޭޓު އިބްރާހީމް ފަލާހް ކާމިޔާބުކުރައްވާފައިވަނީ، ވަގުތީ ނަތީޖާ ދައްކާގޮތުން ތަފާތުބޮޑު ނަތީޖާއަކުންނެވެ. މިހާތަނަށް ގުނައި ނިމުނު ވޯޓު ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން، ފަލާހް ވަނީ އިންނަމާދޫ، ރަސްމާދޫ އަދި އިނގުރައިދޫ ފޮށިންވެސް ގިނަ ވޯޓުތަކެއް ހޯއްދަވާފައެވެ.
24 Feb 2024
މަޖިލީސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާނަން: ފަލާޙް
ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ގެ ފަރާތުން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާ އަށް ވާދަކުރައްވާ އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
12 Feb 2024
އިނގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށް ފަލާހް ފޯމް ހުށަހަޅުއްވައިފި
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ރ.އިނގުރައިދޫ ދާއިރާއަށް ވާދަކުރެއްވުމަށް އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހު އިލެކްޝަން ކޮމިސަނަށް ކެންޑިޑެންސީ ފޯމް ހުށަހަޅުއްވައިފިއެވެ.
27 Jan 2024
ފަހަތުން އަރައި އިނގުރައިދޫ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ އަލިފުށިން ހޯދައިފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ރ. އަތޮޅުގެ އަތޮޅު ބުރުގެ ސެމީ ފައިނަލް ދެވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން އިނގުރައިދޫ ބަލިކޮށް އަލިފުށިން މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.
21 Jan 2024
މަޝީދުގެ ހެޓްރިކާއެކު ހުޅުދުއްފާރު ބަލިކޮށް އިނގުރައިދޫ ސެމީ ފައިނަލަށް
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް "ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024" ރ. އަތޮޅުގެ އަތޮޅު ބުރު ގުރޫޕް ދޭއްގައި އިނގުރައިދޫ އާއި ހުޅުދުއްފާރު ވާދަކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އިނގުރައިދޫ އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
31 Dec 2023
ފަސޭހަކަމާއި އެކު އިނގުރައިދޫ ބަލިކޮށް، ދުވާފަރުން ތަށި ދިފާއުކޮށްފި
ރ. އަތޮޅު ކައުންސިލް ފުޓްސަލް ޗެލެންޖު 2023 ގެ ފައިނަލުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރާއި ރަނަރަޕް އިނގުރައިދޫ ވާދަކުރި މެޗު ފަސޭހަކަމާއި އެކު 6-0 ގެ ނަތީޖާއަކުން މޮޅުވެ، ދުވާފަރުން ތަށި ދިފާއުކޮށްފިއެވެ.