04 Apr 2023
ފަސޭހަކަމާއި އެކު އެފްސީ ހެސަ ވާދަ ބަލިކޮށް ޗެމްޕިއަންކަން ސްޓްރީޓް ބްރަދާސްއަށް!
އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2023 ގެ ޗެންޕިއަންކަން ސްޓްރީޓް ބްރަދާސް އިން ހޯދައިފި އެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު މުބާރާތުގެ ފައިނަލް މެޗުގައި އެފްސީ ހެސަ ވާދަ އާއި ވާދަކޮށް ފަސޭހަކަމާ އެކު 7-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
02 Apr 2023
މަމްދޫހުގެ ހަތަރު ލަނޑާއެކު ފައިނަލުގެ ދެވަަނަ ޖާގަ އެފްސީ ހެސަ ވާދައަށް!
02 Apr 2023
ފުރަތަަމަ ހާފުގައި ކާމިޔާބު ކުރި ދެލަނޑާއެކު ފައިނަލުގެ ފުރަތަަމަ ޖާގަ ސްޓްރީޓް ބްރަދާސްއަށް!
އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލް ފުރަތަަމަ މެޗުގައި މިރޭ ހަލަފް އެފްސީ 2-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަަމަ ޖާގަ ސްޓްރީޓް ބްރަދާސް އިން ހޯދައިފި އެވެ.
01 Apr 2023
މަމްދޫހުގެ ފަސް ލަނޑާއެކު ސެމީ ފައިނަލުގެ ފަހުޖާގަ އެފްސީ ހެސަ ވާދައަށް!
އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މިރޭގެ ކުޅެވުނު ގުރޫޕް ސްޓޭޖު ފަހު މެޗުގައި 8-0 ގެ ނަތީޖާއަކުން ލަނޑާ ބަލިކޮށް މުބާރާތުގެ ސެމީފައިނަލްގެ ފަހު ޖާގަ އެފްސީ ހެސަ ވާދަ އިން ހޯދައިފި އެވެ.
31 Mar 2023
ޕްރޯ ފުޓްސަލް ކުލަބު ކޮޅަށް 15 ލަނޑުޖަގައި، ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައި ދަ ސްކޯޕިއަން ސެމީއަށް!
އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މިރޭގެ ކުޅެވުނު ގުރޫޕް ބީގެ ފަހު މެޗުގައި 15-2 ގެ ނަތީޖާއަކުން ޕްރޯ ފުޓްސަލް ކުލަބު ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ދަ ސްކޯޕިއަން އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
31 Mar 2023
ފަހު ވަގުތު ކާމިޔާބުކުރި ލަނޑުން އެފްސީ ބްރަދާސް އިން ވަރުގަދަ ހަލަފް އެފްސީ ބަލިކޮށްފި!
އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މިރޭގެ ގުރޫޕް ބީގައި ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު 4-5 ގެ ނަތީޖާއަކުން ހަލަފް އެފްސީ ބަލިކޮށް މުބާރާތުގެ ސެމީފައިނަލްގެ އުންމީދު އެފްސީ ބްރަދާސްއިން ދަމަހައްޓައިފި އެވެ.
30 Mar 2023
ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޓްރީޓް ބްރަދާސް ސެމީއަށް!
އިނގުރައިދޫ ކައުންސިލްގެ ފުޓްސަލް ފިއެސްޓާގައި މިރޭގެ ގުރޫޕް އޭގައި 7-3 ގެ ނަތީޖާއަކުން ޔޯ ބުރު އެފްސީ ބަލިކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްޓްރީޓް ބްރަދާސް އިން މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
30 Mar 2023
ދެމެޗުން ބަލިވެ ޔޯ ބުރު އެފްސީ މުބާރާތުން ކެޓިއިރު، ސްޓްރީޓް ބްރަދާސްއަށް ސެމީގެ ޖާގައެއް ކަށަވަރުވެއްޖެ!
އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގައި މިރޭގެ ކުޅެވުނު ދެވަނަ މެޗުގައި ގްރޫޕް އޭގެ ޔޯ ބުރު އެފްސީ އާއި ލަނޑާ ވާދަކުރި މެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލަނޑާއިން މުބާރާތުގެ ފުރަތަަމަ ތިން ޕޮއިންޓް ހޯދައިފިއެވެ.