އިނގުރައިދޫ ޖަލްސާގައި މުޢިއްޒު ވާހަކަ ދައްކަވަނީ--ފޮޓޯ/ ޕީޕީއެމް
ހަބަރު
30 Aug 2023 | 13:38
އަޅުގަނޑުގެ ވެރިކަމެއްގައި ފައިނުގައި އެއަރޕޯޓެއް އަޅާނަން: ޑރ. މުއިއްޒު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ގެ ވެރިކަމެއްގައި ރ.ފައިނުގައި އެއަރޕޯޓެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕޭނަށް ރ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިނގުރައިދޫއަށް ވަޑައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، މީގެ ކުރިން، ފައިނުގައި އެއްޕޯޓެއް އެޅުމަކީ ޚަރަދުގެ ގޮތުން ބަލާއިރު ކުޑަ ޚަރަދެއް ދާނެ ކަމެއް ކަމަށެވެ. އަދި ކުރީގެ ރައީސް، ޔާމީން އަބްދުލްގައްޔޫމް ގެ ވެރިކަމުގައި ފައިނުގައި އެއާޕޯޓެއް އެޅުމަށް ނިންމި ނިންމުމާއި އެއްގޮތަށް، މުއިއްޒުގެ ވެރިކަމުގައޮ އެ އެއާޕޯޓް އަޅުއްވާނެ ކަމަށެވެ. 

"އަލިފުށީގެ އެއާޕޯޓުގެ އިތުރުން، އިތުރު އެއާޕޯޓެއް އެބަ ބޭނުންވޭ. ރައީސް ޔާމީނުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ނިންމެވި ފައިނުގައި އެއާޕޯޓެއް އަޅަން، މަސައްކަތްތަކެއްވެސް ފެށި، އެ އެއާޕޯޓަކީ ހަރަދުގެ ގޮތުން ބަލާއިރު ބިން ހިއްކުން އޭގަ ވަރަށް ކުޑަ މަޝްރޫއެއް. އެހެންކަމުން އަޅުގަނޑު މިތަނުގަ ދަންނަވާލާނަން އިރާދަކުރެއްވިއްޔާ ފައިނުގަ އެއާޕޯޓު އެޅުމަކީ އަޅުގަނޑުމެން ކުރިއަށް ގެންދާނެ މަޝްރޫއެއް" 

ޑރ. މުހައްމަދު މުޢިއްޒު 

މިއާއެކު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ފައިނު އެއާޕޯޓަކީ މުޅި ރ. އަތޮޅުގެ ދެކުނުބިތުގެ ރަށްތަކަށާއި ރިސޯޓްތަކަށް ފައިދާކުރާނެ ދެކޮޅުޖެހޭ އިންވެސްޓްމެންޓެއް ކަމަށް ވާނެ ކަމަށެވެ.

ފައިނުގައި އެއާޕޯޓު އެޅުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިއުލާންކުރި މަޝްރޫއެކެވެ. އެކަމަކު ތިމާވެއްޓައް ބޮޑެތި ގެއްލުންތަކެއް ލިބޭތީ ކަމަށް ބުނެ އެ މަޝްރޫއު ކުރިއަށް ނުގެންދަން މި ސަރުކާރު އައިސް ނިންމީ އެވެ.

މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި މުޢިއްޒު ވަނީ އިނގުރައިދޫ އަށް އެމަނިކުފާނުގެ ވެރިކަމެއްގައި ކޮށްދެއްވާނެ ބައެއް ކަންކަން ހާމަކުރައްވާފައެވެ. 

އިނގުރައިދޫއަށް މުއިއްޒުގެ ވައުދުތައް:

* މަގު ހެދުމުގެ މަޝްރޫއު

* ސިއްހީ މަރުކަޒުގެ މަޝްރޫއު ކުރިއަށްގެންދިއުން

* ބިން ހިއްކުމުގެ މަޝްރޫއު

* ރޯހައުސް އަދި ފްލެޓު އެޅުން

* ނެރު ފައިކަށި ރަނގަޅުކުރުން

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
މިސްކިތްތަކަށް ގެއްލުންދިން ނައުޝާދު، ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ބަންދުކޮށްފައިވަނީ ގ. މާލެހިޔާ ނައުޝާދު މޫސާއެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މިސްކިތްތަކަށް ގެއްލުންދިނުމުގެ ކުށެވެ.
26 Sep 2026
އެފްއޭއެމުން ދައްކަން ޖެހޭ 3.9 މިލިއަން ރުފިޔާގެ ދަރަނި އޭއެފްސީން މާފުކޮށްދީފި
އޭއެފްސީން 2023 ވަނަ އަހަރު ރާއްޖެއަށް އެހީގެ ގޮތުގައި ފޮނުވި މި ފައިސާ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައިގައި އެ ފައިސާ އަނބުރާ ހޯދުމަށް އޭއެފްސީން ވަނީ އަންގާފައެވެ. އެ މައްސަލައާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް މާލީ އެއްވެސް އެހީތެރިކަމެއް ނުދިނުމަށް އޭއެފްސީން ކުރިން ނިންމާފައިވެއެވެ.
26 Sep 2026
ދިވެހިބަހުގެ ރަދީފު އެޕް ގިނަ ފީޗާތަކާ އެކު އަޕްޑޭޓްކޮށްފި
އަޕްޑޭޓްގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކޮންމެ އަކުރެއްގެ ލަފުޒުތައް ވަކިވަކިން ބެލޭ ގޮތް ހެދުމާއި ހުރިހާ ލަފުޒެއްގެ މާނަ އެއް ލިސްޓަކުން ދެއްކުން ހިމެނެއެވެ
26 Sep 2026
ފަލަސްތީނު މައްސަލާގައި ފާޑުކިޔުންތައް އަމާޒުވި ޝީރަންގެ ކޮންސެޓުތައް އެންމެފަހުން ކެންސަލްކުރަން ޖެހިއްޖެ
ބޮސްޓަން ކައިރީ ފޮކްސްބަރޯގައި ހުންނަ ގިލެޓް ސްޓޭޑިއަމްގައި ބާއްވަން ރޭވި މި ޝޯތައް ކެންސަލްކުރީ ބޮސްޓަނާއި ނިއު އިންގްލެންޑް ސަރަޙައްދުގައި ހަފުތާ ބަންދު ތެރޭ ދެމިއޮންނާނެ ގަދަ ވައިގެ އިންޒާރެއް ނެރެފައި އޮތުމުންނެވެ. އާދީއްތަ ދުވަހުގެ ފަތިހާ ހަމައަށް މި އިންޒާރު ދެމިއޮންނާނެ ކަމަށް ބެލެވޭ އިރު ކަމާ ބެހޭ ފަރާތްތަކުން ވަނީ ޑްރައިވަރުން ދަތުރުތައް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ.
26 Sep 2026
ބައިސްކަލު ދުއްވުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫން؛ އެއީ ވަރަށް ފައިދާހުރި ކަމެއް
ބައެއް މީހުންގެ ނަޒަރުގައި ބައިސްކަލު ދުއްވުމަކީ ފަޤީރުންގެ ކަމެކެވެ. ސައިކަލެއް ނުވަތަ ކާރެއް ނެތީމާ ދެން ދުއްވާ އެއްޗެކެވެ. އެކަމަކު ޙަޤީޤަތް ވަރަށް ތަފާތެވެ. ދުނިޔޭގެ އެންމެ ތަރައްޤީ ވެފައިވާ އެންމެ ތަނަވަސް ޤައުމުތަކުގެ ރައްޔިތުން ކޮންމެ ދުވަހަކު ބައިސްކަލުގައި އޮފީހަށް ދެއެވެ. ފިހާރައަށް ދެއެވެ. ދަރިވަރުން ސްކޫލަށް ދެއެވެ. ބައިސްކަލު ދުއްވުމަކީ ލަދެއް ނޫނެވެ. އެއީ ތިބާގެ ހަށިގަނޑަށާއި ޖީބަށާއި ވެށްޓަށް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮ ކަމެކެވެ
26 Sep 2026
އޭޝިއަން ގޭމްސް؛ އަންހެން ބީޗް ވޮލީ ޓީމް ފަހު މެޗުން މޮޅުވެއްޖެ
މިފަހަރުގެ އޭޝިއަން ގޭމްސްގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ އަންހެން ޓީމުން އެއް މެޗު ކާމިޔާބުކުރި ނަމަވެސް، މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން ބީޗް ވޮލީ ޓީމަށް އެއްވެސް މެޗަކުން މޮޅުވެވިފައެއް ނުވެއެވެ.
26 Sep 2026
އދ. ގެ ކުށް ހުއްޓުވުމާ ބެހޭ ކޮންގްރެސްގައި ޕީޖީ ޢައްބާސް ޝަރީފް ތަޤުރީރުކުރައްވަނީ
ޕީޖީ އޮފީހުން ބުނީ މި ކޮންގްރެސްގައި ޕީޖީ ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ ކުރިއަށްދާ މަތީ ފެންވަރުގެ ބައްދަލުވުމާއި، ސައުތު އީސްޓް އޭޝިއާ ޖަސްޓިސް ނެޓްވޯކް (ސީޖަސްޓް) ގެ ބައްދަލުވުމާއި ހަމަހަމަ ޢަދުލުއިންޞާފު ކަށަވަރުކުރުމާ ބެހޭ ގޮތުން ބާއްވާ ވޯކްޝޮޕެއްގައި ކަމަށެވެ.
26 Sep 2026
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި
މި ހިނގާ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމްލަ 1,562,968 ފަތުރުވެރިން ޒިޔާރަތްކޮށްފައި. އެންމެގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިން.