މަމްދޫހު މިރޭގެ މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްދިން
ކުޅިވަރު
02 Apr 2023 | 00:27
މަމްދޫހުގެ ހަތަރު ލަނޑާއެކު ފައިނަލުގެ ދެވަަނަ ޖާގަ އެފްސީ ހެސަ ވާދައަށް!

އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާގެ ސެމީ ފައިނަލުގެ ދެވަަނަ މެޗުގައި މިރޭ ފަސޭހަކަމާއި އެކު 8-3 ގެ ނަތީޖާއަކުން ދަ ސްކޯޕިއަން ބަލިކޮށް ފައިނަލްގެ ދެވަަނަ ޖާގަ އެފްސީ ހެސަ ވާދަ އިން ހޯދައިފި އެވެ.

ގުރޫޕް ބީގެ އެއްވަނަ ދަ ސްކޯޕިއަން އާއި ދެކޮޅަށް ގްރޫޕް އޭގެ ދެވަަނަ އެފްސީ ހެސަ ވާދައިން ފުރަތަަމަ ހާފުގައި ހަތަރު ލަނޑު ކާމިޔާބު ކުރި އިރު މި ހާފުގައި ދަ ސްކޯޕިއަން އިން ވެސް ދެ ލަނޑު ކާމިޔާބު ކުރި އެވެ. އަދި ދެވަނަ ހާފުގައި އެފްސީ ހެސަ ވާދަ އިން އިތުރުހަތަރު ލަނޑު ކާމިޔާބު ކުރި އިރު މިހާފުގައި ދަ ސްކޯޕިއަންއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

މިރޭގެ މެޗުގައި އެފްސީ ހެސަ ވާދައިގެ މުހައްމަދު މަމްދޫހު ހަތަރު ލަނޑު ކާމިޔާބުކޮށްދިން އިރު އެޓީމުގެ ހުސެއިން އިރުފާހް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެޓީމު އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަބްދުލްﷲ ނަބީހް އާއި ހުސެއިން މާއިސް އެވެ.

ދަ ސްކޯޕިއަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ޝަފްރާޒް، ހުސެއިން ޝަފްރާޒް އިބްރާހިމް އިތުރުން އަހުމަދު ޝަޔާޒް އިބްރާހިމް އެވެ. އަދި މި މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ އެފްސީ ހެސަ ވާދައަށް މި މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްދިން މުހައްމަދު މަމްދޫހު އެވެ.

މުބާރާތުގެ ފައިނަލް މެޗުގައި އެފްސީ ހެސަ ވާދަ ނުކުންނާނީ މިރޭގެ ފުރަތަަމަ ސެމީ ފައިނަލް މެޗުން މޮޅުވި ސްޓްރީޓް ބްރަދާސް އާއި ދެކޮޅަށްށެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިދެޓީމު ވާދަކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްޓްރީޓް ބްރަދާސް އެވެ. މިދެ ޓީމު ވާދަކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އެޕްރިލް މަހުގެ ތިންވަނަ ދުވަހު ރޭ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑުވެއްޖެއޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.