ސްޓްރީޓް ބްރަދާސް މުބާރާތުގެ ޗެމްޕިއަން ޓްރޮފީއާ އެކު
ކުޅިވަރު
04 Apr 2023 | 13:35
ފަސޭހަކަމާއި އެކު އެފްސީ ހެސަ ވާދަ ބަލިކޮށް ޗެމްޕިއަންކަން ސްޓްރީޓް ބްރަދާސްއަށް!

އިނގުރައިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2023 ގެ ޗެންޕިއަންކަން ސްޓްރީޓް ބްރަދާސް އިން ހޯދައިފި އެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ރޭ ކުޅެވުނު މުބާރާތުގެ ފައިނަލް މެޗުގައި އެފްސީ ހެސަ ވާދަ އާއި ވާދަކޮށް ފަސޭހަކަމާ އެކު 7-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗުގެ ފުރަތަަމަ ހާފުގައި ސްޓްރީޓް ބްރަދާސް އިން ހަތަރު ލަނޑުގެ ލީޑެއް ނެގިއިރު ދެވަަނަ ހާފުގައި އެޓީމުން ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗުގައި ސްޓްރީޓް ބްރަދާސްގެ އަހުމަދު އައިހަމް ހަ ލަނޑު ކާމިޔާބުކޮށްދިން އިރު އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު މުހައްމަދު އިސާމް އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ސްޓްރީޓް ބްރަދާސްގެ އަހުމަދު އައިހަމް އަށެވެ. އޭނާ ވަނީ މި މުބާރާތުގައި 16 ލަނޑު ކާމިޔާބުކޮށްފައެވެ. މުބާރާތުގެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އެފްސީ ހެސަ ވާދައިގެ ހަސަން މާއިލް އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ މުހައްމަދު މަމްދޫހު (އެފްސީ ހެސަ ވާދަ), އިބްރާހީމް ހަލީމް (އެފްސީ ހެސަ ވާދަ), އަހުމަދު އައިހަމް (ސްޓްރީޓް ބްރަދާސް), މުހައްމަދު ޖުމާން (ސްޓްރީޓް ބްރަދާސް), އަބްދުލް މުހައިމިން އަސްލަމް ( ހަލަފް އެފްސީ) އެވެ. 

ކިންގް އޮފް ދަ ޓޯނަމެންޓް އަހުމަދު އައިހަމް

މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ލިބުނީ ސްޓްރީޓް ބްރަދާސްގެ ކޯޗު ހުސެއިން ސާޖިދުއަށެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އެފްސީ ބްރަދާސްއެވެ. އަދި މުބާރާތުގެ އެންމެ ޝަރަފްވެރި މަޤާމް ކިންގް އޮފް ދަ ޓޯނަމެންޓްގެ މަގާމް ލިބުނީ ސްޓްރީޓް ބްރަދާސްގެ އަހުމަދު އައިހަމް އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.