03 Jul 2024
ރައީސް ޑރ.މުޢިއްޒު ސީއެޗްއެސްއީ އަށް، ވަޑައިގަތުމުން ހޫނު މަރުހަބާއެއް
ރައީސް ޑރ.މުޢިއްޒު ސެންޓަރ ފޮރ ހަޔަރ އެޑިއުކޭޝަން (ސީއެޗްއެސްއީ) އަށް، ވަޑައިގަތުމުން އެ ސުކޫލުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ. އެގޮތުން ދަރިވަރުން ތިބީ ރައީސް ޑރ.މުއިއްޒު އެ ސްކޫލްގައި ކިޔެވި ދުވަސްވަރުގެ އިންޑެކްސް ނަންބަރާއި ކްލާސް އަދި ނަންފުޅު ޖަހާފައިވާ ބެނާއެއް ތައްޔާރުކޮށް އެ ބެނާ ހިފައިގެންނެވެ. އަދި އެ ބެނާގައި "ވެލްކަމް ބެކް" ނުވަތަ އެނބުރި އައުމުން މަރުހަބާ ދަންނަވާ ކަމަށްވެސް ލިޔެފައި ވެއެވެ.
03 Jul 2024
ތިން ގައުމަކަށް ސަފީރުން އައްޔަނުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، 3 ގައުމަކަށް ސަފީރުން އައްޔަނުކުރައްވައިފިއެވެ.
03 Jul 2024
އޭ ލެވެލް އަށް ކިޔެވުމުގެ ފުރުސަތުތައް އިތުރުކޮށްދޭނަން: ރައީސް
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި އޭލެވެލް އަށް ކިޔަވަން ބޭނުންވާ ކުދިންނަށް އެފުރުސަތު ފަހިކޮށްދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
03 Jul 2024
ކާމިޔާބީ ހޯދުމުގައި ވަރުގަދަ އަޒުމެއް ހުރުން މުހިންމު: ރައީސް
ކާމިޔާބީ ހޯދުމުގައި ވަރުގަދަ އަޒުމެއް ހުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
01 Jul 2024
އައު ސަފީރުންގެ ފަތްކޮޅު ރައީސަށް އަރުވައިފި
ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅާ އައު 6 ސަފީރުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަށް އަރުވައިފިއެވެ.
01 Jul 2024
ގަވަރުނަރު ކަމުން ހާޝިމް ވަކިކުރަން ރައީސް އަށް ލަފާ ދެނީ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުވަރުކަމުން، އެމަގާމުގައި ހުންނެވި އަލީ ހާޝިމް ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
01 Jul 2024
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ފަރުވާ ދިނުމަށް މަރުކަޒެއް
ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށް މަރުކަޒެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
30 Jun 2024
ޕީއެންސީ މެމްބަރުންނަށް މުލިއާގެއިން ރުފިޔާ ދޭ ވާހަކަ ދޮގުކޮށްފި
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހިންގާ މައި ޕާޓީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ ފަރާތުން އިންތިހާބުވެވަޑައިގެންނެވި މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުން މަހަކު 50،000ރ. ދޭކަމަށް ދެކެވެމުންދިޔަ ވާހަކަތައް ރައީސް އޮފީހުން ދޮގުކޮށްފިއެވެ.