ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު
16 Jul 2024
ކީރިތި ޤުރުއާނަކީ ހުރިހާ އަޚްލާޤީ މައްސަލަތަކަށް އޮތް ޙައްލު: ރައީސް ޑރ. މުޢިއްޒު
ރާއްޖޭގައި މިހާރު ހުރި އަޚްލާޤީ މައްސަލަތަކުގެ ޙައްލަކީ ކީރިތި ޤުރުއާން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ޤުރުއާނުގައިވާ އިލާހީ އިރުޝާދުތަކަށް ހުރިހާ މާނައެއްގައި، ހުރިހާ ވަގުތެއްގައި އަޅުގަނޑުމެންގެ ބަހާއި ޢަމަލުން ސީދާވާން ޖެހޭ ކަމަށެވެ. އަދި ކޮންމެ ދުވަހެއްގެ ދުވަހީ ދިރިއުޅުން ތަމްސީލުވާ ތަރަހައަކީ ކީރިތި ޤުރުއާން ކަމުގައިވުމަކީ ދިވެހީންނަށާއި ދިވެހިރާއްޖެއަށް އެންމެ ލާބަ ހުރި ގޮތް ކަމުގައި ވިދާޅުވިއެވެ.
16 Jul 2024
ޤުރުއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ހިތްވަރުދީ އެކަމަށް މަގު ފަހިކުރާނަން: ރައީސް
ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރީގައި ޤުރްއާން ހިތުދަސް މީހުންނަކީ އަތުގެ އިނގިލިން ގުނާލެވޭހައި މަދު އަދަދެއްގެ ބައެއް ކަމަށާއި، ނަމަވެސް މިހާރު އެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތަކީ ކީރިތި ޤުރްއާން ހިތުދަސް ހާފިޒުން އުފެއްދުމަށް ޚާއްޞަ ހޭދައެއް ކުރުން ކަމަށާއި، އެކަމަށް ޓަކައި ވަސީލަތްތައް އިތުރުކުރެވޭނެ ކަމަށެވެ. އަދި ހަމައެހެންމެ ހާފިޒުންނަށް ލިބޭ އިނާޔަތް ދެ ގުނައަށް ބޮޑުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
16 Jul 2024
ޤުރްއާނުގެ ޢިލްމު ކުރިއެރުވުމަށް އިތުރު ވަޤުފު ޢިމާރާތްތައް އަޅުއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ
ރައީސް ވިދާޅުވި ގޮތުގައި، މިހާރު މާލޭގައި ހުރި "ދާރުލް އީމާން" އިމާރާތުގެ އިތުރުން، "ދާރުއްސަލާމް" އަދި "ދާރުލްއަރްޤަމް" ގެ ނަމުގައި އިތުރު ދެ ވަޤުފު އިމާރާތް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.
16 Jul 2024
އަންނަ އަހަރުން ފެށިގެން އެންމެ އަގުބޮޑު އިނާމުތައް ދޭ މުބާރާތަކަށް ޤައުމީ ޤުރުއާން މުބާރާތް ވާނެ: ރައީސް
އަންނަ އަހަރުން ފެށިގެން ޤައުމީ ޤުރުއާން މުބާރާތަކީ ރާއްޖޭގައި އެންމެ އަގުބޮޑު އަދި އެންމެ ގިނަ އިނާމުތައް ދޭ މުބާރާތް ކަމުގައި ހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
15 Jul 2024
އައު ސަފީރުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި
ގައުމުތަކުން ރާއްޖެ އަށް ކަނޑައަޅާ އައު 8 ސަފީރުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަށް އަރުވައިފިއެވެ.
15 Jul 2024
ނޭޕާލުގެ އައު ބޮޑުވަޒީރަށް ރައީސް ޑރ.މުޢިއްޒު މަރުހަބާ ދަންނަވައިފި
ނޭޕާލުގެ އައު ބޮޑުވަޒީރުކަމަށް އައްޔަނުކުރެވުނު ކޭޕީ ޝަރުމާ އޯލީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ.
15 Jul 2024
މަރުޙޫމް ހުސައިން ޝަރީފްގެ އާއިލާއަށް ރައީސް މުޢިއްޒުގެ ތަޢުޒިޔާ
މަރުޙޫމް ޙުސައިން ޝަރީފަކީ މިސްކިތް ބިނާކުރެއްވުމާއި ނިކަމެތިންނަށް އެހީތެރިވުން ފަދަ ކަންކަމުގައި އިޙްސާންތެރި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
14 Jul 2024
ޓްރަމްޕަށް ދެވުނު ހަމަލާ ރައީސް މުޢިއްޒު ކުށްވެރި ކުރައްވައިފި
ރައީސް ޑރ.މުޙައްމަދު މުޢިއްޒު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެމުނު ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ.