ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، އދގެ 79 ވަނަ އާއްމު މަޖިލީހުގައި ތަޤުރީރު ކުރައްވަނީ--ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Sep 2024 | 23:37
2040 އަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އަމާޒެއް: ރައީސް މުއިއްޒު

 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު އދގެ 79 ވަނަ އާއްމު މަޖިލީހުގައި ދެއްވި ތަޤުރީރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 75 އަހަރުފުރުން 2040 ވަނަ އަހަރު ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، ރާއްޖެއިން ހާސިލުކުރަން ބޭނުންވާ އަމާޒުތަކެއް އެބަހުރިކަމަށެވެ. އަދި އދގައި މިއަދު ތަޤުރީރުކުރައްވާއިރު، ރާއްޖެއާމެދު ދެކޭ ތަސައްވުރެއް އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަޅުގަނޑުގެ އަމާޒަކީ، 2040 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖެއަކީ ފުރިހަމަ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ދެކެން. އިޙްތިރާމަށް އަމުރުކުރާ، ގުޅުން ހުރި، އަދި އިޚްލާޞްތެރިކަން ރަމްޒުކޮށްދޭ ޤައުމަކަށްވުން، އިންކްލޫސިވް އަދި އިންސާފުވެރި މުޖުތަމަޢަކަށްވުން، ދެމެހެއްޓެނިވި ކަމާއި ޑިމޮކްރެޓިކް ވެރިކަމުގެ ނަމޫނާ ދައްކާ ޤައުމަކަށްވުން،" 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އުނދަގޫ މަސައްކަތެއްކަމަށް ހީވިޔަސް، ނަމަވެސް އަމާޒެއް އޮވެގެން މަސައްކަތްކޮށްފިނަމަ އެއީ ހާސިލު ނުކުރެވޭނެ ކާމިޔާބީއެއް ނޫންކަމަށެވެ. އަދި ދަތި އުނދަގޫ މަރުހަލާތައް ކަޑައްތުކޮށްގެން ކާމިޔާބަށް ވާސިލުވުމަށް މަސައްކަތްކުރުމަކީ ރާއްޖެއަށް އައު ކަމެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު ރާއްޖެއަކީ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމަކަށް ހެދުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި އަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް އޮތް އަހަރުތަކުގައި ކުރަން ރޭވިފައިވާ މަސައްކަތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އދގެ މަޖިލީހުގައި ހިއްސާކުރެއްވިއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.