ރައީސް ޑރ.މުއިއްޒު، ޔޫއެންގައި ދެއްވި ތަގްރީރުގެ ތެރެއިން.. ފޮޓޯ/ ރައީސް އޮފީސް
ހަބަރު
24 Sep 2024 | 23:40
އިޒްރާއީލުން ހިންގަނީ ނިރުބަވެރި އަމަލުތަކެއް. ޖަވާބުދާރީ ކުރުވަންޖެހޭ: ރައީސް މުއިއްޒު

ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އިޒްރާއީލުން ހިންގަމުންގެންދަނީ، ނިރުބަވެރި އަމަލުތަކެއް ކަމަށާއި، ބައިނަލްއަޤްވާމީ މުޖުތަމައުއިން އިޒްރާއީލް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ އާއްމު މަޖިލީހުގައި މިރޭ ތަގުރީރު ކުރައްވަމުން ރައީސް ޑރ.މުއިއްޒު ވަނީ، އިޒްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކަށް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ވިދާޅުވީ އިޒްރާއީލުން ފަލަސްތީނުގެ ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި އަދި އިންސާނީ އެހީދޭ ވަސީލަތްތަކަށް ހަމަލާދިނުމާއި އަދި ކުށެއްނެތް ފަލަސްތީނުގެ އަންހެނުންނާއި، ފިރިހެނުންގެ އިތުރުން ކުޑަކުދިންނަށް އަމާޒުކޮށް ހިންގަމުންދާ ނިރުބަވެރި އެ އަމަލުތަކަށް އިޒްރާއީލް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށެވެ. 

މީގެ އިތުރުން އިޒްރާއީލް ސިފައިންދަނީ ނޫސްވެރިންނަށާއި، އިންސާނީ އެހީދޭ ފަރާތްތަކަށްވެސް އަމާޒުކޮށް ހަމަލާތައްދެމުންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ފަލަސްތީނުގެ އިތުރުން ލުބްނާން އަދި އަލްޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާތައް ދެމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. މިއިން އަންގައިދެނީ އިޒްރާއީލުން ހިންގަމުން ގެންދާ ޖަރީމާތައް ބައިނަލްއަޤްވާމީ ފަރާތްތަކަށް ފެންނަމުންދާދިއުން ހުއްޓުވުންކަމަށް ރައީސް ވިދާޅުވިއެވެ. އިޒްރާއީލްގެ މި އަމަލުތަކުން ނެގޭނެ އިތުރު މާނައެއް ނެތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ހުންނަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އެކުވެރިދައުލަތްތަކުގެ ޗާޓަރާ ހިލާފްވުމުން އިޒްރާއީލް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށާއި، 1967 ވަނަ އަހަރު އދ އެކުލަވާލާފައިވާ ފަލަސްތީނުގެ މިނިވަން ދައުލަތް ބަލައިގަންނަން ޖެހޭކަމަށެވެ. މިމޭރުމުން ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވަނީ އދ އިން ފަލަސްތީނު ފުރިހަމަ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭކަމަށް ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ
12 Sep 2026
ބުރު ބަލިކޮށް އީގަލްސް، ސީޒަންގެ ފެށުން ރަނގަޅުކޮށްފި
ބްރާސްފަތި ދުވަހު ބިސްބުރު ނުކުންނާނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
12 Sep 2026
ގައްދޫ ބަލިކޮށް ދިވެހި ޕްރިމިއާ ލީގުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފި
މިއަދުގެ މެޗުގައި ނިއުރޭޑިއަންޓްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރެޒިލްގެ ކުޅަދާނަ ފޯވާޑް ޑޮރިއެލްޓަން ގޯމޭސްއެވެ
12 Sep 2026
ބ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ހަމައަށް މިރޭ ހުދު ސަމާލް
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކޮށްފައިވެއެވެ
12 Sep 2026
އައުޤާފަށް ހާއްސަކޮށް ކުންފުންޏެެއް އުފައްދައިފި
"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، މިއަދު އުފައްދަވައިފި އެވެ.
12 Sep 2026
ޢިރާޤުން ފޮނުވި ޑްރޯނު ހަމަލާއަކާ ގުޅިގެން ސަޢޫދީގެ މުހިންމު...
ޢިރާޤުން ފޮނުވި ޑްރޯނުތަކެއް ބޭނުންކޮށް ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ތެޔޮ ހޮޅިއަށް ދިން ހަމަލާއާ ގުޅިގެން، މެދުއިރުމަތީގެ ހަމަނުޖެހުން ފުޅާވަމުންދާ ދަނޑިވަޅެއްގައި، ސަޢޫދީން އެ ހޮޅި ބަންދުކޮށްފިއެވެ.